ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އެދެނީ ނޮވެމްބަރު 11 އަކީ ސަރުކާރު ބަދަލުވާ ދުވަހަށްވުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 11 ވަނަ ދުވަހު ސަރުކާރު ބަދަލު ކުރެވޭނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ސަރުކާރު ބަދަލުވާދުވުން ނޮވެންބަރު 11 އަށް ބަދަލު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހް ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވިނަމަވެސް އަދި ނައިބުރައިސް އިސްތިއުފާ ދެއްވި ނަމަވެސް އެކަން ދާނީ މަޖިލީހުގެ ރައީސް އަށް ކަމަށެވެ. ގާނޫނީ ގޮތުން ކުރައްވަން ޖެހޭ ހުރިހާކަމެއްވެސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ކަމެއް އެގްޒޯސްޓު ކޮށްގެން ނޫނީ އެހިސާބަށް ނުދެވުމަކީ އެކަށީގެން ވާކަމެއް ނޫންކަމަށެވެ. އަދި ގާނޫނީ ގޮތުން އެކަމަށް ހައްލެއް ހޯދޭތޯ މަސައްކަތަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ޕާޓީ އެތެރޭގައި އެމަނިކުފާންގެ މަގާމް ނުވަތަ މަސްތަގުބަލަކީ ފަހުގެ ކަމެއް ކަމަށާއި އަދި މިވަގުތު އެމަނިކުފާނުގެ މަސައްކަތަކީ އެމްޑީޕީ ޔުނައިޓުކޮށް ހިފެހެެއްޓުން ކަމަށްވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިންތިހާބެއްގައި ނާކާމިޔާބީ އަކާއި ކުރިމަތިލައްވާއިރު ޕާޓީއަކަށް ލޮޅުންތަކެއް އަރާނެ ކަމަށެވެ. އަދި ވިދާޅުވީ ލީޑަރޝިޕްގެ ބޭފުޅުންގެ ދައުރަކީ އެވަގުތު ޕާޓީ އެއްކޮށް ހިފެހެއްޓުންކަމަށެވެ.

ވަރަށް ގަދަ
88%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: