ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތުގެ މަރުހަލާގެ ތެރޭގައި އޮތް މައްސަލައެއްގެ ތެރެއަށް އަތް ބާނައި ނުފޫޒު ނުފޯރުވާނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތުގެ މަރުހަލާގެ ތެރޭގައި އޮތް މައްސަލައެއްގެ ތެރެއަށް އަތް ބާނައި ނުފޫޒު ފޯރުވުމަށް އެމަނިކުފާނުގެ މައްޗަށް ބާރު އެޅުއްވި ނަމަވެސް އެކަމެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

އއ. އަތޮޅުގެ ރަށްތަކަށް ރައީސް ޞާލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްދޫ އަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ދިޔަ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހިވަޑައިގަތުން ކަމަށެވެ. ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހިވަޑައިގަންނަވާތީ އެކަމާ އެންމެން ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެންނާއި ސާބިތު ދަރަންޏެއް އޮތް މައްސަލައިގައި އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

“ނަމަވެސް ޝަރީއަތެއްގެ ތެރޭގައި އޮއްވައި އެއާ މެދުގައި ގޮތެއް ނިންމުމުގެ ބާރެއް އަޅުގަނޑަކަށް ނޯވޭ. ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުނީމަ ދެން އޮންނަ ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ކަމެއް ކޮށްދިނުމުގެ އިހްތިޔާރު އަޅުގަނޑަށް އޮންނަނީ.” ރައީސް ޞާލިހް ވިދާޅުވިއެވެ.

ޝަރީއަތުގެ މަރުހަލާގެ ތެރޭގައި އޮތް މައްސަލައެއްގެ ތެރެއަށް އަތް ބާނައި ނުފޫޒު ފޯރުވުމަށް އެމަނިކުފާނުގެ މައްޗަށް ބާރު އެޅުއްވި ނަމަވެސް އެކަމެއް ނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ރައީސް ޔާމީންގެ ކުރީގެ ޝަރީއަތްތައް ދިޔަ ގޮތް. އޭރު ކޯޓުތައް ބަރާބަރު. ސުޕްރީމް ކޯޓުން ގޮސް ނިމުނީމަ އެއަށް ވުރެ ބަރާބަރު ކޯޓެއް ނެތް. އެކަމަކު މިއަދު އޭގެ އަނެއްކޮޅު. އެ ދުވަހު ވެސް އަޅުގަނޑުމެން އެއްޗެއް ނުބުނަން. މިނިވަން ކަމާ އެކީގައި ޝަރީއަތް ހިންގުމުގެ ބާރު އޮތީ ދޫކޮށްލާފައި.” ރައްޔިތުންގެ މަޖިލިހާއި އެންޓި ކޮރަޕްޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލް އޮފީސް ފަދަ ތަންތަން ވެސް އޮތީ މިނިވަންކޮށް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.

ގއ. ވޮޑަމުއްލާގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނަށް އިއްވި ފަސް އަހަރުގެ ހުކުމާ ގުޅިގެން އެމަނިކުފާނު ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި އޮންނެވިއެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓި ނަމަވެސް ސުޕްރީމް ކޯޓުން ހުކުމް ބާތިލް ކުރުމުން އެމަނިކުފާނު މިނިވަންކޮށްފައި ވަނީ ދެ އަހަރު ފަހުން 2021 ގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައީސް ޔާމީން މިނިވަން ކުރަން އަޑު އުފުލުން މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު، ޝަރީއަތުގައި އޮތް މައްސަލައާއި ގުޅިގެން ކުރެވޭނެ ވަކި ކަމެއް އަދި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފް ޝަރީއަތްތައް ހައި ކޯޓުގައި ކުރިއަށް އެބަދެއެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު އެ މައްސަލައިގައި ހުކުމަކާ ހަމައަށް ނާދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: