ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަނީ މިމަހު 8ގައި: އީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަނީ މިމަހު 8ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވަގުތީ ނަތީޖާ އިލެކްޝަނުން ވަނީ އާންމުކޮށް އިޢުލާން ކޮށްފައެވެ. އެ ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ މިމަހުގެ 8 ވާ އާދީއްތަ ދުވަހު ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނާ ވާދަކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ނިމިގެން ދިޔައީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމުގައެވެ. ރައީސްގެ އެ ނިންމެވުމާ ގުޅިގެން އެމަނިކުފާނަށް ޝުކުރުވެރިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ކަންތައްތައް ދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދެފުށްފެންނަ ގޮތަކަށް ވަރަށް ފުރިހަމަ އިންތިޒާމާ އެކުގައި ކަމަށް އިންތިޚާބު އޮބްޒާވް ކުރި ކޮމަންވެލްތާއި، އީ.ޔޫ އާއި، ބޭރުގެ އެހެން ފަރާތްތަކުންނާއި، ހިއުމަން ރައިޓްސް ކޮމިޝަނުންނާއި، ރާއްޖޭގެ އެހެން މުއައްސަސާތަކުންނާއި، ޢާންމު ރައްޔިތުން ބުނެފައިވާތީ، އެކަންވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: