ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމު މަޖިލީހުން ފާސް ކުރިޔަސް، ތަސްދީގު ކުރާނީ ރައްޔިތުންގެ ބަސް ލިބިގެން: ރައީސް

ރައީސުލްޖުމްހޫރިއްޔާ 02 އޮކްޓޫބަރ 2023 ގައި ނޫސްވެރިންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި މެދު ގޮތް ނިންމައި ފާސް ކުރިނަމަވެސް، ރައްޔިތުންގެ އާނ ބަސް ބޭނުންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭކަމަށާއި، ގާނޫނު ރަނގަޅު ގޮތުގައި ތަންފީޒު ނުކުރެވޭ ސަބަބަކީ އެއީކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން އައީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭރު އެމްޑީޕީގެ ވިސްނުމަކީ އެއީ ނަމަވެސް، ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ޕާޓީގައި ޖެހުނު މައްސަލަތަކާއި ރައީސް ނަޝީދު ސަރުކާރާއި ދެކޮޅަށް ދެއްކެވި ވާހަކަތަކުގެ ސަބަބުން މެމްބަރުން ބުނަމުން ދިޔައީ ނިޒާމީ ވޯޓު ނެގުމަށް ވަގުތު ނެތް ކަމަށެވެ. ރައީސް ސޯލިހަށް ފާޑުވިދާޅުވެ، ރައީސް ނަޝީދާއި އަރިސް މެމްބަރުން މަޖިލީހާއި، ޕާޓީގެ ގައުމީ މަޖިލީހުގައި އިހުތިޖާޖުކޮށް ބަހުސް ކުރަމުން ގެންދާން ފެށުމުން ޕާޓީގެ މެމްބަރުން ބުނީ ރައީސް ނަޝީދުގެ އަމިއްލަ އެޖެންޑާތަކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ހަމައެކަނި އެންމެ ބޭފުޅަކު ބޮޑުވަޒީރަކަށް ވުމަށް ޝައުގުވެރިކަން ހުރުމަކީ ރާއްޖޭގެ ވެރިިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވޯޓަށް އަހަން ޖެހޭ ސަބަބެއް ނޫންކަމަށް ވެސް ބުންޏެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ނިޒާމުގެ ގަރާރުތައް ބޭރު ކުރުމަށް ފަހު އެންމެ ފަހުން އެމަނިކުފާނާއި އަރިސް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ބަރުލަމާނީ މައްސަލަ މަޖިލީހުން އޮތީ ބަލައިގަނެ ރައީސަށާއި ކަމާއި ބެހޭ ކޮމިޝަންތަކަށް ފޮނުވާފަ އެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ނަޝީދު ސަރުކާރާއި ދެކޮޅަށް ކުރި މަސައްކަތާއި، ރައީސް ސޯލިހަށް އަމާޒު ކުރި ފާޑުކިއުންތަކުގައި “އިބޫ ނޫން ގޮތެއް” ހޯދަން ޖެހޭކަމަށް ވިދާޅުވުމާއި “ރޫޅާލާނެ” ކަމަށް ދެއްކެވި ވާހަކަތަކަށް ފަހު މެމްބަރުން ތިބީ ބަރުލަމާނީއަށް ފުރުސަތު ދޭގޮތަށް ނޫނެވެ. އެހެންވެ އެމްޑީޕީގެ އިސް ބޭފުޅުންނާއި، ޕާޓީގެ މެމްބަރުން ވަނީ ސޯޝަލް މީޑިއާގައި “ބަރުލަމާނީ ނޫން ގޮތެއް” ގެ ޕޯސްޓުތައް އާންމު ކުރަން ފަށާފަ އެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް އެންމެ ފައިދާ ވާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިންކަމަށް ވިދާޅުވެ، ޕާޓީއާއި އަލުން ގުޅުމަށް ވެސް ތައްޔާރަށް ހުންނެވިކަމަށް ހާމަކުރައްވާފަ އެވެ. އެކަމަކު އެކަމަށް ރައީސްގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ހާމަވެ އެވެ.

ދެވަނަ ދައުރަކަށް ވާދަކުރައްވައި ކުރިމަތިވި ނާކަމިޔާބީއަށް ފަހު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ނިޒާމީ ވޯޓުގެ ވިސްނުމަށް އެއްވެސް ބަދަލެއް އައިތޯ ސުވާލުކޮށްފަ އެވެ. އަދި ރައީސް ނަޝީދާއި އެކު ގުޅިގެން ކުރިޔަށް ދާނަންތޯ ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސް ވާނީ ޖުމްލަ މެމްބަރުންގެ ތެރެއިން 75 އިންސައްތަ ވޯޓު ލިބިގެން ކަމަށެވެ. އަދި މަޖިލީހުން އެގޮތަށް ފާސްވެގެން އައި ނަމަވެސް އެ އިސްލާހު ތަސްދީގު ކުރުމަށް ރައްޔިތުންގެ ބަސް ބޭނުންވާނެ ކަމަށެވެ.

އަޅުގަނޑަށް ފޮނުވުން އެ ތަސްދީގު ކުރވޭނީ، ރައްޔިތުންގެ ބަސް ހޯދައިގެން… ގާނޫނު އަސާސީގެ އެފަދަ މާއްދާއަކުން ބަދަލު ގެނަންޏާ އެއީ ގާނޫނު އަސާސީގައި އަމަލު ކުރަން އޮތްގޮތް… އެހެންވީމަ އެ ޕްރޮސެސް އައީމަ އަޅުގަނޑު ދާނަން ރައްޔިތުންގެ ކައިރިއަށް.. އަދި ރައްޔިތުން ގަބޫލުނުކޮށްފިއްޔާ އަޅުގަނޑަކަށް ތަސްދީގު ނުކުރެވޭނެ

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުމަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، ގައުމަށް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމުކަމަށެވެ. އެއީ އެމަނިކުފާނުގެ އަމިއްލަ ހިޔާލު ނަމަވެސް، ގޮތް ނިންމާނީ ޕާޓީންކަމަށާއި ކޮންމެ ގޮތަކަށް ގޮތް ނިންމިޔަސް އެގޮތަކާއި އެކު ކުރިޔަށް ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ބަރުލަމާނީއާއި މެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއް މާދަމާ އޮންނާނެ އެވެ. އަދި ރައީސް ސޯލިހު ވެސް ވިދާޅުވީ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުންގެ ވިސްނުން ހުރީ ބަރުލަމާނީއާއި ދެކޮޅަށް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: