ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ޙަސަން ޒަރީރަށް ހަމަލާދިނުމުގެ ތުހުމަތުގައި ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފި

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި 1 މޭ 2023 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި، މާލެ، “ހަބީބީ” ކެފޭތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން ޒަރީރަށް ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި ދަޢުވާތައް ކުރުމަށް 19 ސެޕްޓެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައި ކަމަށެވެ.

އެގޮތުން ދައުވާ ކޮށްފައިވަނީ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲގެ މައްޗަށާއި، ތ. ކިނބިދޫ، ދީފުރަމްގެ، އަޙްމަދު އަވްޝަމްއާއި، މ. ތާޖް، މުލާއިމް މުޙައްމަދުގެ މައްޗަށް ކަމަށެވެ.

މިއީ ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުން ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

ނަމަވެސް މި މައްސަލަ ހިނގަމުންދަނިކޮށް ހަސަން ޒަރީރުވަނީ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ދޫކޮއްލުމަށް ފުލުހުން ގާތު އެދި ޓްވީޓް ކޮށްފައެވެ.

އަދި އެ ޓްވީޓްގައި ބުނެފައިވަނީ ގައްބަރޭއަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: