ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ބިޒީވީ ދެވަނަ ދައުރެއް ހޯދާކަށް ނޫން، ދިވެހި ތާރީހުގައި ނުހިންގާ ވަރަށް މަޝްރޫއުތައް ހިންގަން: ޒަރީރު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ބިޒީވީ ދެވަނަ ދައުރެއް ހޯދުމަށް ނޫންކަމަށާއި، ދިވެހި ތާރީހުގައި ނުހިންގާ ވަރަށް މަޝްރޫއުތައް ހިންގަންކަމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ ރިޒޯޓު މެނޭޖަރުކަމާއި، އެއާރު މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަގާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަގާމެއްކަމަށް ކަނޑައެޅުމާއި ބެހޭ ކާށިދޫ ދާރިއާގެ މެންބަރު އަބްދުﷲ ޖާބިރު ހުށައަޅުއްވާފައި ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް ރަށްފުށުގައި ނުހިންގާހާ ގިނަ ޕްރޮޖެކްޓްތައް ހިންގުމުގައި މިއަދުގެ ސަރުކާރު އުޅެންޖެހިފައިވާތީ ސަރުކާރު ވަރަށް ބިޒީކަމަށެވެ. އޭނާ މިހެން ވިދާޅުވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މި ގަރާރުގެ ބަހުސްގެ ފުރުސަތުގައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުންނެވެ.

އަލީ ހުސައިން ވިދާޅުވީ މައުލޫމާތުލިބޭ ގޮތުގައި ރާއްޖޭގައި ތިބި 29 އިންސައްތަ ޒުވާނުންނަކީ ވަޒީފާއަކަށްނުދާ އަދި ތައުލީމެއްވެސް ހާސިލްނުކުރާ ބައެއްކަމަށެވެ. އަދި ހަމައެއާއިއެކު މާލީ އިދާރާތަކުގެ ތަފާސް ހިސާބުދައްކާ ގޮތުން އަހަރެއްގެ މައްޗަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެއް ބިލިއަން ޑޮލަރު ހަރަދުވާކަމަށާއި، އެހެންކަމުން ވަރަށް ބޮޑު ގެޕެއް އެބައުޅޭކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އެހެންކަމަށްވާއިރު، މިފަދަ ަސައްކަތްތަކަށް އެ 29 އިންސަތަ ޒުވާނުން ނުލަނީ ކީއްވެގެންތޯ އަލީ ހުސައިން ސުވާލުއުފެއްދެވިއެވެ.

ސަރުކާރުން މިކަމަށް އެކަށީގެންވާ އިސްކަމެއް ދީފައިނުވާކަމަށާއި، ހާއްސަ އިސްކަމެއްދީގެން އިންސްޓިޓިއުޝަނެއް ގާއިމްކުރިނަމަ ދުނިޔޭގެ އެހެން ހިސާބުތަކުންވެސް ގައުލީމު ހާސިލްކުރުމަށް މީހުން އަންނާނެކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ރާއްޖޭގައި ފަތުރުވެރިކަން ކުރިނާރާނެކަމަށް ބުނި ނަމަވެސް އޭރު ހުންނެވި ރައީސް އިބްރާހީމް ނާސިރުގެ ހިތްމަތާއި މިންނެތް މަސައްކަތުން ރާއްޖޭގައި ފަތުރުވެރިކަން މިިހާރު ކުރިއަރާފައިވާއިރު، މިއަދު ކުރަންޖެހޭ މަސައްކަތަކީ މި ޑާއިރާ އިތުރަށް ހަރުދަނާކޮށް، މި ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުންކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ މިކަންކަންކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރުތައް ހުށައަޅައިގެން ފާސްކުރެވޭނެކަމަށާއި، ނަމަވެސް މި ގަރާރުތައް ކިޔޭނެ މިންވަރަށްވުރެ ސަރުކާރު އުޅޭނީ އެހެންކަމެއްގައި ބިޒީވެގެންކަމަށެވެ. އެއީ ދެވަނަ ދައުރެއް ހޯދުމުގެ ބޭނުމުގައިކަމަށެވެ.

ސަރުކާރުން މާ ބިޒީ. ބިޒީވެގެން މިއުޅެނީ މުޅިން އެހެން ކަމެއްގައި. ދެވަނަ ދައުރެއް، ސަރުކާރުގައި ތިއްބެވި އެކި ބޭބޭފުޅުން، އެބޭބޭފުޅުންނަށް ދެވަނަ ދައުރެއް ހޯދުމުގައި ކުރައްވާ މަސައްކަތްތަކުގައި ބިޒީވެގެން އުޅުއްވަނީ.

އަލީ ހުސައިން ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ ޒަރީރު އިތުރަށް ވިދާޅުވީ ސަރުކާރުން ބިޒީވެގެން އުޅޭނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމުގައިކަމަށެވެ. ޖާބިރު ހުށައެޅުއްވި ގަރާރުގައި ރަނގަޅު ކަންތައްތަކެއް ހުރިކަމަށް ފާހަގަކޮށް ޒަރީރު ވިދާޅުވީ ރާއްޖޭގެ އިތްތިސާދުގެ ލޭނާރަކީ ފަތުރުވެރިކަންކަމަށެވެ. 90 އިންސައްތައާއި ގާތްކުރާ އަދަދަކަށް ރާއްޖޭގެ އިންކަމްގައި ޖެނޭޓުވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ މަންފާކަމަށާއި، އެހެންވީމާ މިފަދަ ދާއިރާއެއްގައި ވިޔަފާރިކުރާ ފަރާތްތަކަށް ގާނޫނުގައި ވަކި ލިމިޓެއް ނުވަތަ ގާނޫނުގައި ހަމައެކަނި ވަކި ބަޔަކު ވަޒީފާ އަދާކުރެވޭނެ ގޮތަށް ބަޔަކު ތަމްރީނުކޮށްދިނަމަ، އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

މުޅި ގައުމުގައި މުޅި ރާއްޖޭގެ ތާރީހަށް ނަޒަރު ހިންގާލާއިރު ނިމިދިޔަ ހަތަރު ފަސް ވެރިކަން ހުއްޓާލީމަ، މައާފުކުރައްވާތި ނިމިދިޔަ ހަތަރު އަޅާކިޔާއިރުގައި ނުކުރާހާ ގިނަ މަސައްކަތްތައް ގައުމެއްގައި ކުރަންޖެހުނީމަ ދެން އެ ސަރުކާރު ބިޒީވާނެ.

ޒަރީރު ވިދާޅުވިއެވެ.

ފުރަތަމަ ކުރަންޖެހޭކަމަކީ މަގާމުތަކަށް އެކަށީގެންވާ މީހުން އައްޔަނުކުރުންކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި އިސް މަގާމުތަކުގައި ވަރަށް ގިނަ ބިދޭސީއިން ތިބިއިރު، މި މައްސަލައަށް ހައްލުގެނެވޭނީ ދުރާލައި ރާވައިގެން، މީހުން ބިނާކޮށް، ބޮޑެތި އިންވެސްކޮށްފައި ތިބި ރިސޯޓުތަކަށް ބޭނުންވާ ދިވެހިން ބިނާކުރެވިގެންކަމަށެވެ. އެކަން ނުކޮށް ގާނޫނީ ގޮތުން މިކަން ކުރަންއުޅެފިނަމަ ދެކޮޅު ނުޖެހޭނެކަމަށް ޒަރީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒަރީރު ވިދާޅުވީ ކޮވިޑް 19 ގެ ހާލަތުގައިވެސް ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތް މެނޭޖުކުރެވުނުކަމަށާއި، ފައިނޭންޝަލް ފާމްތަކުންނާއި އަދި ވޯލްޑް ބޭންކްއިންވެސް އެކަން ފާހަގަކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: