ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޓީބީ ބާލިންގައި ރާއްޖޭގެ 107 ޓޫރިޒަމް ކުންފުނިތަކުގެ 214 މަންދޫބުންގެ ވަފުދެއް!

ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އައިޓީބީ ބާލިންގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް އިން ރާއްޖޭގެ 107 ޓޫރިޒަމް ކުންފުނިތަކުގެ 214 މަންދޫބުންގެ ވަފުދަކާއިއެކު އައިޓީބީ ބާލިން 2024 ގައި ބައިވެރިވެ، ދިވެހި ރާއްޖެ ޕްރޮމޯޓް ކުރަން ފަށައިފިއެވެ.

ޖަރުމަނުގެ ބާލިންގައި ކުރިއަށް ދާ މި ހަރަކާތް އޮތީ މާޗް 5 އިން 7 އަކަށެވެ. އެމްއެމްޕީއާރުސީއިން މައުލޫމާތު ދިން ގޮތުގައި ސަރުކާރުގެ ޓޫރިޒަމް އާއި ގުޅޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދަނީ ފަތުރުވެރިކަމުގެ ސިނާއަތް ގައުމަށް ފައިދާ ހުރި ގޮތެއްގައި ކުރި އެރުވުމަށެވެ.

ވިޒިޓް މޯލްޑިވިސްގެ އަމާޒަކީ އައިޓީބީ ބާލިން 2024 ގައި ޖަރުމަނާއި މުޅި ދުނިޔޭގައި ޓްރެވަލް ޓްރޭޑް ޕާޓުނަރުންނާއިއެކު ވަރުގަދަ ގުޅުންތަކެއް ގާއިމްކުރުންކަމަށް ބުނެފައިވާއިރު، މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ފަތުރުވެރިނަނަށް އެންމެ މަތީ ދަރަޖައިގެ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ވަރުގަދަ ކުރުމަށްކަމަށް އެމްއެމްޕީއާރުސީއިން ބުނިއެވެ.

މި ފެއާގައި ރާއްޖޭގެ ސްޓޭންޑެއް ހަދާފައިވާއިރު، މިއީ 504 އަކަ މީޓަރުގެ ދެބުރިއަށް ހަދާފައިވާ ސްޓޭންޑެއްކަމަށް މައުލޫމާތު ދީފައިވެއެވެ. ރާއްޖޭގެ ޖަޒީރާވަންތަކަން މި ސްޓޭންޑުން ތަޖުރިބާ ކޮށްލެވޭނެކަމަށްވެސް ބުނެފައިވެއެވެ. މި ސްޓޭންޑްގައި 104 ކޯ-އެގްޒިބިޓަރ ކައުންޓަރާއި، 60 ބީޓުބީ މީޓިންޓޭބަލް ބަހައްޓާފައި ހުރެއެވެ. އެތަނުން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހުރި ތަފާތު ތަޖުރިބާތަކާއި ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަރިކަ ދައްކުވައިދޭނެކަމަށް އެމްއެމްޕީއާރުސީއިން ބުނިއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީއިން ބުނީ އައިޓީބީ ބާލިންއަކީ ރާއްޖެ ދުނިޔޭގެ މައިދާނުގައި ދައްކާލުމަށް އަގުހުރި ޕްލެޓު ފޯމެއްކަމަށާއި، ދުނިޔޭގެ ލީޑިންގ ޓްރެވަލް ޓްރޭޑް ފެއަރއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ 160،000 އަށްވުރެ ޒިޔާރާތްތެރިން މި ތަނަށް ޒިޔާރާތް ކުރާނެކަމަށެވެ. 90،000 އަށްވުރެ ގިނަ އިންޓަސްޓްރީގެ މަންދޫބުންނާއި، 3،000 ބައިނަލްއަގުވާމީ މީޑިއާގެ މަންދޫބުން މި ހަރަކާތުގައި ބައިވެރިވާކަމަށްވެސް ބުނިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: