ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދަކީ ފަތުރުވެރިކަމުގެ ރިކޯޑެއް މުގުރުނު ދުވަހެއް: ފައިސަލް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ދުވަސްކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ގޯސްކަމަށް ބުނެ އެކި ފަރާތްތަކުން އިންޒާރުތައް ދީފައިވާއިރު، މިނިސްޓަރ ފައިސަލް ވަނީ ދިވެހިރާއްޖޭގެ އިގްތިސާދީ ސިނާއަތުގެ މައި ދާއިރާކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ހިއްސާކުރައްވާފައެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ މިއަދު ދިވެހިރާއްޖެއަށް 10،213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށާއި، މިކަމާއިއެކު ރިކޯޑެއް ގާއިމުވެފައިވާކަމަށް ފާހަަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މިއީ މިހާތަނަށް އެއް ދުވަހެއްގެ މަތިން ރާއްްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ދުވަސްކަމަށާއި، އެ ލަނޑުދަނޑި ހާސިލުވުމުގެ ޝުކުރު މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ބައިވެރިވެވަޑައިގެންނެވި އެންމެ ފަރާތްތަކަށް އަރިސް ކުރައްވާކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރިކޯޑެއް މުގުރިފައިވާކަން މިނިސްޓަރު ހާމަކުރެއްވިއިރު، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ ހުވާކުރުމުގެ ކުރިންނާއި ހުވާކުރުމަށްފަހުވެސް އިގްތިސާދު ވަރުގަދަކުުރުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ތުރުކީ އާއިއެކު އެއްބަސްވުންތަކެއް ގާއިމުކުރެވިފައިވާއިރު، ޗައިނާއާއިއެކުވެސް މި ސިނާއަތު ހަރުދަނާކުރުމަށް މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވެއެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: