ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަންއަށް!

ރާއްޖެ އައި ފަތުރުވެރިންތަކެއް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރަނީ މި އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.

މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ވަނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 1.70 މިލިއަން ފަތުރުވެރިން އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، 12.9 އިންސައްތައިގެ ކުރިއެރުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއައީ 1.50 މިލިއަން ފަތުރުވެރިންނެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިންނެވެ. އެއީ 193،236 ފަތުތުރުވެރިންނެވެ. އަދި ލިސްޓުގައި ދެވަނައަށް އޮތް އިންޑިއާއިން ރާއްޖެއަށް ވަނީ 1895،987 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ.

ކޮވިޑަށް ފަހު ރަނގަޅުވަމުން އަންނަ ޗައިނާ މާކެޓު މިވަގުތު އޮތީ ތިންވަނައިގަ އެވެ. އެއީ 176،803 ފަތުރުވެރިންނާއި އެކު އެވެ.

މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާ އެވެ. އެކަމަކު ކޮވިޑު-19 އަށް ފަހު އައި ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެ ގައުމުގެ ދަތުރުތައް ފެށީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: