ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓުއަރިޒަމް ގާނޫނަށް ބޮޑެތި އިސްލާހުތަކެއް!

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.

ސަރުކާރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ހުށައަޅާފައިވާ ބިލުގެ މަގުސަދަކީ އެއް ފަޅެއްގައި ހިމެނޭ ގިނަ ރަށްތައް ވަކިވަކިން ކުއްޔަށް ދިނުން ނުވަތަ ވިއްކުމާއި ގުޅޭގޮތުނާއި އެއް އެއްބަސްވުމެއްގެ ދަށުން އެއް ފަޅަށްވުރެ ގިނައިން ދޫކޮށްފައިވާ އެއްބަސްވުންތައް ވަކި އެއްބަސްވުންތަކުގެ ގޮތުގައި އެކުލަވާލުމާއި ގުޅޭގޮތުން ފަތުރުވެރިކަމުގެ ގާނޫނުގެ ދަށުން އަމަލުކުރާއި ގޮތް އިސްލާހުކުރުމެވެ.

ފަތުރުވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ އަނެއް މަގުސަދަކީ ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާއި ގުޅޭ އުސޫލު އިސްލާހުކުރުމާއި ރިސޯޓެއްގެ ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމުން ގާނޫނީ ގޮތުން ނެގުމަށް ކަނޑައެޅިފައިވާ ޖީއެސްޓީ ނެގުން ނިމުމަކަށް ގެނައުންވެސް ހިމެނެއެވެ. އަދި އޭގެ ބަދަލުގައި އެފަދަ މުއާމަލާތްތަކުގެ ތެރެއިން ޓުއަރިޒަމް ރިއަލްއެސްޓޭޓް ޓެކްސްއެއް ނެގުމަށް ތައާރަފްކުރުންވެސް ހިމެނޭކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށައަޅާފައިވާއިރު މި ބިލުގެ ބަހުސްގައި ވާހަކަ ދެއްކެވި މެމްބަރުންގެ ގިނަ ބޭފުޅުންވަނީ ބިލާއި އެއްކޮޅަށް ވަކާލާތުކުރައްވާފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: