ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޗު މަހުގެ ނިޔަލަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ހަ ލައްކައަށް!

ފޮޓޯ: އަވަސް.އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާޗު މަހުގެ ނިޔަލަށް ރާއްޖެއަށް ހަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ވުޒާރާއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް 604،004 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 523،928 ފަތުރުވެރިންނެވެ.

އެހެންކަމުން މި އަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކުން އޭގެ ކުރީ އަހަރާ އަޅާކިޔާއިރު %15.1 ގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

މާޗު މަހު ރާއްޖެ އައިސްފައި ވަނީ 194،227 ފަތުރުވެރިންނެވެ. މާޗު މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ.

ޗައިނާއިން 67،339 ފަތުރުވެރިންނާއި ޒިޔާރަތްކުރިއިރު ދެވަނައަށް 61،752 ފަތުރުވެރިންނާއި އެކު ލިސްޓުގައި އޮތީ ރަޝިޔާއެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު 58،382 އަށް އަރައެވެ.

މި އަހަރު ރާއްޖެއަށް ދެ މިިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.

އެ ވުޒާރާއިން ރިޕޯޓުކޮށްފައިވާ ގޮތުން މާޗު މަހުގެ ނިޔަލަށް ރާއްޖޭގައި ހިންގާ ޖުމްލަ ރިސޯޓުތަކުގެ އަދަދަކީ 44،152 އެނދާއި އެކު 180 އެވެ. އަދި 2،016 އެނދާއި އެކު 15 ހޮޓެލް ހިންގާއިރު 14،097 އެނދާއި އެކު 837 ގެސްޓްހައުސްއެއް ހުރީ އޮޕަރޭޝަންގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: