ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ އިއުލާން ކޮށްފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިއުލާން ކޮށްފިއެވެ.

ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ވަގުތީ ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާއިރު، ދާއިމީ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގަ އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ ޖުމްލަ އިންސައްތައިން 45.96 އެވެ. އަދި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގަތީ 129،159 ވޯޓް ކަމަށެވެ. މިއީ އިންސައްތައިން 54.04 އެވެ. 

ރިޔާސީ އިންތިހާބުގަ ސައްހަ ވޯޓުގެ ގޮތުގަ 239،027 ވޯޓެވެ. ބާތިލު ވޯޓުގެ ގޮތުގަ 7،888 ވޯޓު ލާފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓް ލުމުގެ ހައްގުލިބިގެންވާ މީހުންގެ ޖުމްލަ އަދަދަކީ 282804 މީހުން ކަމަށެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް ވޯޓު ލާފައިވަނީ ޖުމްލަ 246،915 މީހުންނެވެ.

އެއީ ވޯޓް ލުމުގެ ހައްގު ލިބިގެން ވާ މީހުންގެ 87.31 އިންސައްތައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: