ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓު މަސައްކަތް ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

ބ. ދަރަވަންދޫ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓް މަސައްކަތް ކުރާ މީހުންގެ ދަފްތަރު އެކުލަވާލަވާލާ ކަރަންޓު މަސަތްކަތް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު އާ ކުރަންނިންމައިފިއެވެ.

ކަރަންޓް މަސައްކަތް ކުރާ މީހުންގެ، މިފަދަ ދަފްތަރެއް އެކުލަވާލަން ނިންމަވާފައިވާކަން ހާމަކުރައްވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ ދަފްތަރު އަޕްޑޭޓް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ އޮތޯރިޓީ އުފެއްދުމުގެ ކުރިން އެހެނިހެން މުއައްސަސާތަކުން ލައިސަންސް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން ކަރަންޓު މަސައްކަތްކުރުމުގެ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ފަރާތްތައް ދެނެގަނެ އެފަރާތްތަކުގެ ވަނަވަރު ކަށަވަރުކޮށް އެފަރާތްތަކާއި މުއާމަލާތް ކުރެވޭނެ މައުލޫމާތު އާ ކުރުން ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ކަރަންޓު މަސަތްކަތް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު އާކޮށް ދިވެހި ރާއްޖޭގެ ހަކަތައިގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަރަންޓު މަސަތްކަތް ކުރުމަށް އެ އޮތޯރިޓީން ލައިސަންސް ދޫކޮށް ބަލަހައްޓަމުންދާ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ދަފުތަރު އަޕްޑޭޓް ކުރަން ބޭނުންވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން، 15 މާރިޗު 2023 ގެ ކުރިން ކަރަންޓު މަސައްކަތް ކުރުމުގެ ހުއްދަ ހޯދާފައިވާ ފަރާތްތަކުން އޮތޯރިޓީގެ ވެބްސައިޓްގައިވާ ފޯމު ފުރިހަމަކޮށް، ފޯމުގައި ހުށަހެޅުމަށް އަންގާފައިވާ ތަކެއްޗާއި އެކު އެ އޮތޯރިޓީއަށް އީމެއިލް ކުރުމަށާއި، އަދި 04 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުމަށްވެސް ބުނެފަވެއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ މަސައްކަތުގެެ މަޢުލޫމާތު އާ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާނަމަ މިހާރު ދާއިރާގައި މަސައްކަތް ކުރަމުން ނުދާކަމަަށް ނިންމާ 15 މާރިޗު 2023 ގެ ކުރިން ދޫކޮށްފައިވާ އެންމެހާ ލައިސަންސްތައް ބާތިލް ކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: