ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން އެއްބަސްވެފައިވާ މަޝްރޫއުތައް ހަވާލު ކުރެވޭނެ: ޕީސީބީ

ރައީސް ސޯލިހު އަދި އިންތިހާބީ ރައިސް ޑރ މުއިއްޒު /ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިގާލީ މަރުހަލާގައި އައު ޕްރޮޖެކްޓުތައް ނުހިންގި ނަމަވެސް، ކުރިން އެއްބަސްވެފައިވާ މަޝްރޫއުތައް ކުންފުނިތަކާއި ހަވާލު ކުރެވޭނެކަމަށް ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފި އެވެ.

މީގެ ކުރިން ނެރުނު އިއުލާނު މުރާޖައާކޮށް އާންމު ކުރި އިތުރު ބަޔާނެއްގައި ޕީސީބީން ބުނީ ކުންފުނިތަކުން ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނާ ނެގޯޝިއޭޓު ކުރެވިފައިވާ ޕްރޮޖެކްޓުތައް އަދި ހިނގަމުން ދާ ޕްރޮޖެކްޓުތަކުގެ އެކްޓެންޝަން ފަދަ ކަންކަން ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓުތަކަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިޔިތުންނަށް ލާބައާއި މާންފާ ހުރި ޕްރޮޖެކްޓުތަކަކަށް ވާން ޖެހޭކަމަށް ޕީސީބީން ބުންޏެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އިންތިގާލީ މަރުހަލާގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިންތިގާލީ ކޮމިޓީއަށް ބޭނުންވާ ހުރިހާ މައުލޫމާތުތައް ފޯރުކޮށްދެއްވުންކަމަށާއި، އެ ކޮމިޓީއަށް ބޭނުންވާނެ ލިޔުންތަކާއި މައުލޫމާތުތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް ސަރުކާރުގެ ކުންފުނިތަކަށް ބޯޑުން ވަނީ އަންގާފަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާއި ހަވާލުވެ ޥަޑައިގަތުމުގެ ކުރިން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން އެހީތެރިކަން ބޭނުންވާ މުހިންމު ކަންކަން ހިމަނުއްވައި ސިޓީއެއް ވެސް ވަނީ ފޮނުވާފަ އެވެ.

ންތިހާބީ ރައީސް ޑރ މުއިއްޒުގެ އޮފީހުން ރައީސް ސާލިހަށް ފޮނުއްވާފައިވާ ސިޓީގައި އެމަނިކުފާނުވަނީ ރައީސް ސާލިހުގެ ފަރާތްޕުޅުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުވެރިވާކަން ހާމަކޮށްފައެވެ. އަދި ރައީސް ސާލިހުގެ އަމަލުތައް ބަހައްޓަވާ ގޮތް ބަލައިގަންނަކަންވެސް ވިދާޅުވެފައިވެއެވެ.

ސަރުކާރާއި ހަވާލުވުމުގެ މަރުހަލާގެ ތެރެއިން އެހީތެރިކަން ބޭނުންވާ ބައެއްކަންކަން ޑރ މުއިއްޒުވަނީ ސިޓީގައި ހިމަނާފައެވެ. އެގޮތުން، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އިންވެސްޓު ނުކުރުން އަދި ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އެއްވެސް އައު ހުއްދައެއް ނުދިނުމަށްވެސް ޑރ މުއިއްޒުވަނީ އެދިވަޑައިގެންފައެވެ.

ޑރ މުއިއްޒުވަނީ ދައުލަތުގެ މުދަލެއްގެ މިލްކުވެރިކަން އެހެން އެއްވެސް ފަރާތަކަށް ބަދަލުނުކުރުމަށްވެސް އެދިވަޑައިގެންފައެވެ. އަދި މި ދުވަސްތަކުގެ ތެރޭގައި ބައިނަލްއަގުވާމީ އެއްވެސް މުއާހަދާއެއްގައި ސޮއިނުކުރެއްވުމަށް ރައީސް ސާލިހުގެ ކިބައިން އެދިވަޑައިގެންފައިވާއިރު، ޕީއެސްއައިޕީ ފަދަ ޕްރްގްރާމެއްގެ ދަށުން އައު މަޝްރޫޢުއެއް ނުފެއްޓެވުމަށާއި މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑަށް ބަދަލުނުގެނައުމުގެ އިތުރުން މަގާމުތަކަށް މީހުން އައްޔަނުކުރުމާއި މަގާމުގެ ކުރިއެރުން ދިނުން ފަދަ ކަމެއް ނުކުރެއްވުމަށްވެސް އެމަނިކުފާނުވަނީ ސިޓީގައި އެދިވަޑައިގެންފައެވެ.

ރައީސް ސާލިހުގެ ފަރާތްޕުޅުން އިންތިހާބީ ރައީސް ޑރ މުއިއްޒު ބައެއް ކަންކަމުގައި އެހީތެރިކަމަށް އެދިވަޑައިގެންފައިވާއިރު، ޑރ މުއިއްޒުއަށް ސަރުކާރާއި ހަވާލުވުމުގައި އެއްބާރުލުން ދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވެއިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: