ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ ރައީސްގެ ފުރަތަމަ ދަތުރު އެންމެ ރަނގަޅު ނަތީޖާއެއް ދެއްކި ތ. ގުރައިދޫއަށް!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކެމްޕެއިނުގައި ވީ ވައުދާއި އެއްގޮތަށް އެންމެ އަވަހަށް ވަޑައިގަންނަވާނެ ރަށަކީ އެންމެ ރަނގަޅު ނަތީޖާއެއް ލިބުނު ތ. ގުރައިދޫއަށްކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެންމެ ބޮޑު އިންސައްތައެއް ލިބޭ ރަށަކަށް ވަޑައިގެން އެ ރަށެއްގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަކީ މުއިއްޒުގެ ވައުދެކެވެ. އެއީ ކޮންމެ ރަށަކުން ވެސް ކާމިޔާބީ ލިބޭ ހާލަތެއްގައި އެންމެ ފުރަތަމަ އިންތިހާބީ ރައީސް، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ދާ ދާއިރާއަކީ އެއީކަމަށް ވުމަށް އެދެމުން ދިއުމުން ލީޑާޝިޕްގެ މެދުގައި ކުރި މަޝްވަރާއަށް ފަހު ނިންމި ނިންމުމެކެވެ.

އަތޮޅުތަކުން ބަލާއިރު މުއިއްޒުއަށް މެޖޯރިޓީ ލިބިވަޑައިނުގެންނެވީ އއ. އަތޮޅާއި އައްޑޫ އެކަންޏެވެ. އެހެން ހުރިހާ އަތޮޅުތަކުގެ ވެސް މެޖޯރިޓީ ނެންގެވީ މުއިއްޒެވެ. ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒަށް ތ. ގުރައިދޫގައި ބެހެއްޓި ދެ ފޮށިން ވެސް 70 އިންސައްތަ ހޯއްދެވި އެވެ. އެއީ އެއް ފޮށިން 75.6 އިންސައްތަ، އަދި ދެވަނަ ފޮށިން 72.4 އިންސައްތަ އެވެ.

ތ. ގުރައިދޫއަކީ އިންތިހާބުތަކުން ބޮޑު ކާމިޔާބެއް ހޯދައިދޭ، ޕީޕީއެމަށް ބޮޑު ތާއީދެއް އޮތް ރަށެކެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް އެންމެ ބޮޑު އަދަދެއް ލިބިވަޑައިގަތީ ލ. ފޮނަދޫއިންނެވެ. އެއީ 66.5 އިންސައްތަ އެވެ. އަދި އަތޮޅުން މުޅި ޖުމްލަ 51.8 އިންސައްތަ ލިބިވަޑައިގެތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 38.1 އިންސައްތަ ވޯޓެވެ.

މީގެއިތުރުން ފުރަތަމަ ބުރުގައި ތ. ގުރައިދޫއިން މުއިއްޒަށް 74 އިންސައްތަ ލިބިވަޑައިގެންނެވި އިރު، ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 25 އިންސައްތަ އެވެ.

ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވީ އެއްލަކަ ނަވާވީސް ހާހަށް ވުރެ ގިނަ ވޯޓާއި އެކު 54 އިންސައްތައިންނެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: