ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރްޓީއެލް ފެރީން ދެކުނުގެ އަތޮޅުތަކުގައި އަގު ނަގަން ފަށައިފި

"ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ފެރީގެ ހިދުމަތް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އާރުޓީއެލްގެ ދެކުނުގެ އަތޮޅުތަކުގެ ދެމެދުގައި ދަތުރު ކުރުމަށް ކަނޑައަޅާފައިވާ ރޫޓުތަކުން އަގުތައް ނަގަން ފަށައި އެކަން އިއުލާނުކޮށްފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްޓީސީސީން ބުނީ އާރުޓީއެލް ޒޯން 5، ގއ އަތޮޅާއި ގދ އަތޮޅު އަދި ޒޯން 6 ގެ ފުވައްމުލައް އަދި އައްޑޫގެ ދެމެދުގައި ކުރާ ހައިވޭ ލިންކުތަކުން އަގުތައް ނަގަން ފެށީ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ.

އެގޮތުން ގއ، އިން ގދ، އާއި ހަމައަށް ދަތުރު ކުރާ އަގަކީ 100 ރުފިޔާ އާއި 150 ރުފިޔާ އާއި ދެމެދުގެ އަގެއްގަ އެވެ. އަދި އައްޑޫ އާއި ފުވައްމުލައް ދެމެދު ދަތުރު ކުރަނީ 250 ރުފިޔާ އަށެވެ.

އެމްޓީސީސީން ބުނެފައި ވަނީ އާރުޓީއެލް ވެބްސައިޓު އަދި މޮބައިލްގެ އެޕް މެދުވެރިކޮށް ދަތުރު ކުރުމަށް ބޭނުންވާ މީހުންނަށް ޓިކެޓު ނެގޭނެ ކަމަށެވެ. އަދި ޓިކެޓު ނަގައިގެން ދަތުރު ކުރުމަށް ފެށި ނަމަވެސް އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނައި، އެންސްޕާގައި ރެޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: