ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު އެކުލަވާލުމަށް އިންތިހާބީ ރައީސްގެ ފަރާތުން ކޮމިޓީއެއް އުފައްދަވައިފި

އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ނޫސްވެރިންގެ ބައްދަލުވުމުގައި - ފޮޓޯ/ އިންތިގާލީ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓް އެކުލަވާލުމާ ގުޅޭގޮތުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް 7 ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާލައިފައި ވާކަމަށެވެ. އަދި އެ ކޮމިޓީއިން މަސައްކަތް ފެށުމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވުމަށް އެދިވަޑައިގަންނަވާފައި ވާކަމަށް ވިދާޅުވިއެވެ. ފިރުޒުލް ވިދާޅުވީ ދައުލަތުގެ މިހާރުގެ ހާލަތާއި އަދި އަންނަ އަހަރަށް ލަފާކުރާ ހާލަތާއި ގުޅޭ ތަފްސީލުގެ އިތުރުން އެ މިނިސްޓްރީއަށް ބައްދަލުވުމަށް ވެސް އެދިވަޑައިގެންފައި ވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓެއް އެ މަޝްވަރާތަކަށް ފަހު ހިއްސާކުރައްވާނެކަމަށް ވިދާޅުވިއެވެ.

ބަގެޓު އެކުލަވާލުމުގައި ރައީސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އެއްބާރުލުން ދެއްވާނެކަމަށާއި އަދި މްޑީޕީން ވެސް އެހީ ދެއްވާނެކަމަށް ބުނެފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އިންތިގާލީ ކޮމިޓީއިން އެކުލަވާލައިފައިވާ ޓްރާންސިޝަނަލް ކޮމިޓީތަކުން އިދާރާތަކަށް ސިޓީ ފޮނުވާ އެ އިދާރާތަކަށް ޒިޔާރާތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ފިރުޒުލް ވިދާޅުވީ ރައީސް ސާލިހް އަދި އެކި މުވައްސަސާތަކުން އިންތިގާލީ މަރުހަލާގައި ކަންކަން ކުރުމަށް އެއްބާރުލުން ލިބިގެން ދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: