ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ ރައީސް ނިންމެވީ ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ ނުކުރުމަށް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުއްﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ސިޔާސީ މަޤާމްތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުކުރައްވާނެކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ކޮންމެ ސަރުކާރެއްގައި އެންމެ ބޮޑަށް ކުރާ އެއް ޝަކުވާއަކީ ސިޔާސީ މަގާމުތައް ގިނަވެ، އިދާރާތަކާއި މުވައްސަސާތަކަށް އެކްޓިވިސްޓުން ވެސް އައްޔަނު ކުރަމުން ގެންދިއުމެވެ. މި ސަރުކާރުގައި ވެސް ސިޔާސީ މަގާމުތައް ހާހަކަށް ވުރެ މައްޗަށް އަރާއިރު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ޑރ. މުއިއްޒުގެ ވެރިކަމެއްގައި ސިޔާސީ މަގާމުތައް ގިނަ ނުކުރައްވާނެ ކަމަށެވެ. އެގޮތުން މުއިއްޒު ނިންމަވާފައި ވަނީ އެ އަދަދު 700 އަށް އިތުރު ނުކުރުމަށްކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ އެ އަދަދު ކަނޑައަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައިސުލްޖުމްހޫރިއްޔާގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅާއި މި އިދާރާތަކުގައި މަސައްކަތްކުރައްވާ އިދާރީ މުވައްޒަފުން ހިމެނޭހެން އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި ތިއްބަވާނެ މީހުން ހިމެނޭގޮތައް ކަމަށެވެ.

މީގެއިތުރުން ފިރުޒުލް ވަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 1063 އަށް އަރާކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން މުއިއްޒު ކަނޑައެޅުއްވި އަދަދު އެއީ ކުޑަ އަދަދެއްކަމަށާއި މިއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ސިޔާސީ މަޤާމްތަކުގެ އަދަދު 808 އަށް ވުރެ ވެސް މަދު އަދަދެއްކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

އިންތިޚާބީ ރައީސްގެ ސަރުކާރުގެ ސިޔާސީ މަޤާމްތަކަށް މީހުން އައްޔަންކުރާނެ އަދަދު ދަށްކުރެވިފައިވަނީ ދައުލަތުގެ ބަޖެޓަށް ރިޔާއަތްކޮށްކަމަށްވެސް ފިރުޒުލް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: