ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ ރައީސް ހުވާކުރުމާއި ދެމެދު ހަތްކަމެއް ނުކުރުމަށް އެދި ސިޓީއެއް!

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް. ފޮޓޯ: އެލީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ހުވާކުރުމާއި ހަމަޔަށް މިހާރު މިހިގާ ސަރުކާރުން ވަކި ކަންތައްތަކެއް ނުކުރުމަށް އެދި ރައީސް ސޯލިހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ނޮވެމްބަރު 17 ގައި ރައީސް ކަމުގެ ހުވާކުރުމާއި ހަމަޔަށް މި ހިގާ މުއްދަތުގެ ތެރޭގައި ނުކުރުމަށް ފާހަގަކޮށްފައިވާ ކަންތައްތަކެއް ނުކޮށް މަޑުޖައްސާލުމަށެވެ.

އެގޮތުން އެ ސިޓީގައި ފާހަގަކޮށްފައިވަނީ 7 ކަމެއް ކަމަށާއި، އެކަންތައް މިހާރު ހިގަމުންދާ ސަރުކާރުން ނުކުރުމަކީ އިންތިހާބީ ރައީސްގެ އެދުމެއް ކަމަށްވެސް ވިދާޅުވިއެވެ. އެކަންތައްތައް ރައީސް ސޯލިހުގެ ފަރާތްޕުޅުން ވެސް އެދިލައްވާކަމަށެވެ.

އިންތިހާބީ ރައީސް ހުވާކުރުމުގެ ކުރިން ސިޓީގައި ނުކުރުމަށް އެދިފައިވާ ކަންތައްތައް:

  1. ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމެންޓެއް ނުކުރުން
  2. ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދައެއް ނުދިނުން
  3. ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން އެއްވެސް ފަތާރަކަށް ބަދަލު ނުކުރުން
  4. ބައިނަލް އަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގާއި، ސޮއިނުކުރުން ( އާ މުއާހަދާއެއް ނުވަތަ އެއްބަސްވުން)
  5. ޕީއައިސީޕީ އަދި އެހެންއެއްވެސް ޕްރޮގުރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން
  6. ދައުލަތިގެ މުސާރައިގެ އޮނިގަޑަށް އެއްވެސް ބަދަލެއްނުގެނައުން
  7. ދައުލަތުގެ އެއްވެސް ވަޒީފާ އަކަށް އަލަށް މީހަކު ނުވެއްދުން ނުވަތަ މަގާމުގެ ކުރިއެރުންް ނުދެއްވުން

މިއީ އަސާސީ ގޮތެއްގައި މެދުނުކެނޑި ފޯރުކޮށްދޭން ހިދުމަތްތަކާއި، އަދި އެކަންތަތަކާއި، ގުޅޭ ވަޒީފާތައްކަމަށްވެސް ފިރުޒުލް ވިދާޅުވެފައިވެއެވެ.

ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް ހުވާކޮށް އާ ސަރުކާރުން ހިންގުމާ ހަވާލުވާން އޮތީ އެންމެ 37 ދުވަސް ކަމަށެވެ. އެހެންކަމުން މިހާރު ސަރުކާރުން ކުރާ ކަންތައްތަކެއްގެ ސަބަބުން އާ ސަރުކާރު ހިންގުމަށް ދަތިވެދާނެތީ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: