ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު މަގާމުގެ ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންއާ ބައްދަލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތަކާއި ގުޅޭގޮތުން ޑިރެކްޓާރ ޖެނެރަލް އޮފް ޓާރާންސިޝަން އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބައްދަލުކޮށްފި އެވެ.

މިއަދުގެ މެންދުރު ފަހު މަޖިލިސް އިދާރާގައި އޮތް މި ބައްދަލުވުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޓާރާންސިޝަން އަބްދުއްރަހީމާއި ޕްރޮގްރެސިވް ކޯލިޝަނުގެ ލީޑާޝިޕްގެ ބޭފުޅުންނެވެ. މަޖިލީހުގެ އިދާރާއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އެވެ.

އާންމު ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ޖުމްހޫރީ މައިދާނުގައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންދެވެނޭ ގޮތް ހަމަޖައްސަވައިދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ. އެކަމަކު ސީދާ އެކަމާއި ގުޅޭ ރަސްމީ ނިންމުމެއް މަޖިލީހުން ހާމައެއް ނުކުރެ އެވެ. އެހެންކަމުން އިންތިހާބީ ރައީސްގެ އެ ހުށަހެޅުއްވުމާއި ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވިފައި ވެއެވެ.

އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނު ބޭނުން ވަނީ ވީހާވެސް ގިނަ ރައްޔިތުންނަށް ފެންނަ ގޮތަށް ޝާމިލުވުން ހިމެނޭހެން ރަސްމިއްޔާތު ކުރިޔަށް ގެންދެވުމަށް ކަމަށެވެ.

2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވީ ގަލޮޅު ދަނޑުގަ އެވެ. ގަލޮޅު ދަނޑުގެ ބަދަލުގައި ޖުމްހޫރީ މައިދާން ބޭނުންވާ ސަބަބެއްކަމަށް މުއިއްޒު ވިދާޅުވީ އެއީ މާލޭގެ އެންމެ މުހިންމު މައިދާނަށްވުމާއި އެކު ގައުމީ ބޮޑު ދިދައިގެ ކޯއްޓޭ ވެސް އެތަނުގައި ހުރުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: