ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ އޮފީހުން އަމިއްލަ ބްރޯޑްކާސްޓިންގ ޕްލެޓްފޯމެއް އުފައްދަން ނިންމައިފި

ޕީޖީ ހުސައިން ޝަމީމް: ފޮޓޯ/ ޕީޖީ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އޮފީހުގަ އަމިއްލަ ބްރޯޑްކާސްޓިންގ ޕްލެޓްފޯމްއެެއް އުފައްދަން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ އަމިއްލަ ބްރޯޑްކާސްޓިންގް ޕްލެޓްފޯމެއް ތަޢާރަފުކޮށްފައިވާ ކަމަށާއި، މިވަގުތު، ޕީއެސްއެމްއާއެކު 13 ޕްރޮގްރާމް ހެދުމުގެ އެއްބަސްވުމެއް ކުރިއަށްގެންދާކަމަށެވެ.

މިކަމުގެ ބޭނުނަމަކީ އެއްވެސް ބަޔަކަށް ބަރޯސާނުވެ އެ އޮފީހުގައި ކުރެވޭކަންތައް ބްރޯޑްކާސްޓް ކުރުން ކަމަށްވެސް ބުނެއެވެ.

“އަމިއްލަ ޕްރައިވެޓް މީހަކަށް، ކުންފުންޏަކަށް، ބްރޯޑްކާސްޓަރަކަށް ބަރޯސާ ނުވެ، ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޤާބިލްކަން ހޯދުމުގެ ބޭނުމުގައި މިފަދަ ކަމެއް ކުރުމުގެ ބޭނުމަކީ”އެ އޮފީހުން ބުނެފައެވެ.

މީގެ އިތުރުރުން އެ އޮފީހުން ކުރިއަށްގެންދާ މުހިންމު މައްސަލަ ތަކާބެހޭ ގޮތުން، ނުވަތަ ޤާނޫނީ ބަހުސްތަކާބެހޭ ގޮތުން ޢާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު، ވެސް އެ ޕްލެޓްފޯމުގެ ދަށުން މިނިވަންކަމާއެކު ފޮނުވަމުން ގެންދެވޭނެ ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި އެފަދަ ޕްލެޓްފޯމެއް އެ އޮފީހުން ތައްޔާރުކޮށްފައިވަނީ އެއްވެސް ބޭރުމީހަކު ބޭނުންނުކޮށް ދިވެހިންގެ އެއްބާރުލުމާއި އެކުގައި ކަމަށްވެސް ބުނެފައެވެ.

“ހުރިހައި ކަމެއް، ޚިޔާލުން ފެށިގެން ގޮސް، ތަންފީޒުކޮށް، ވެބްސައިޓް ހަދައި، ކޮންޓެންޓު އަޅައި، ފޮޓޯ ޑިޒައިންކުރީ ހުސް ދިވެހިން. ހަމަ އެންމެ ބިދޭސީއަކުވެސް މިމަސައްކަތުގައި ޝާމިލުނުވާކަން ފާހަގަކުރަން” ޕީޖީ އޮފީސް

އެ އޮފީހުން އިތުރަށް ބުނީ “ޕީޖީ އާއިކު ބާރަމިނެޓް” އަޑު އައްސަވަމުންގެންދަވާއިރު އެއްވެސް ޝަކުވާއެއް މައްސަލައެއް ފާހަގަ ކުރެވޭނަމަ އެސްއެމްއެސް ކުރެއްވުމަށާއި، އެގޮތުން ކުރެވޭ ސުވާލުތަކުގެ ޖަވާބު ދެވަނަ ޕްރޮގުރާމްގައި ލިބިގެންދާނެ ކަމަށެވެ. އެސްއެމްއެސް ކުރައްވާނީ ޕިީޖީ ޖައްސަވާފަ ހުސްތަންކޮޅެއް ދޫކޮށްލައްވާފަ ސުވާލު ލިއުއްވާފަ 300 މި ނަމްބަރަށް ކަމަށެވެ.

މިއީ ސަރުކާރުގެ އޮފީހެއްގައި މިފަދަ ހިދުމަތެއް ބްރޯޑްކާސްޓް ކުރުމުގެ ޒަރީއާއިންދެވޭ ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: