ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އެމްޑީޕީގައި ބަޣާވާތް ކުރީ ދެބޭފުޅުން؛ ރިޔާސީ އިންތިހާބުން ލިބުނީ ފަސް އިންސައްތައާއި، ހަތް އިންސައްތަ“

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މީގެ ކުރިން ރައްޔިތުންގެ ހިތްތަކުގެ ރައީސް ނަމަވެސް، އެމަނިކުފާނަކީ މިއަދު ދިވެހި ރައްޔިތުން އެންމެ ނަފްރަތު ކުރާ ސިޔާސީ ޝަހުސިއްޔަތުކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ސަނީފް ވަނީ ބުރަ މަސައްކަތަކަށް ފަހު އެމްޑީޕީން 2008 ގައި ގެނައި ވެރިކަން ވެސް ބަދަލުވެގެން ގޮސް އެތައް އަހަރުތަކެއް މަގުމަތީ ހޭދަ ކުރަން ޖެހުނުކަން ފާހަގަކުރައްވާފަ އެވެ. އަދި އެ ހާލަތަށް ފަހު އަނެއްކާވެސް އެމްޑީޕީއަށް ލިބުނު ވެރިކަން ގެއްލިގެން ދިއުމުގައި އިހުމާލުތަކާއި، އަވަހަށް ނިންމަން ޖެހޭ ނިންމުންތައް ނިންމުމުގައި ލަސްތަކެއް ވެގެން ދިޔަކަން ގަބޫލު ކުރާކަމަށް އޭނާ ވިދާޅުވި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަކީ ސަނީފް ވިދާޅުވި ގޮތުގައި އެންމެ އުންމީދު ކުރި ނަތީޖާއެއް ނޫނެވެ. އަދި ހީކުރި ގޮތާއި މުޅިން ހިލާފަށް ރައްޔިތުން ނިންމި އެ ނިންމުމަކީ އެއީ ސަރުކާރުގެ ބައެއް އިދާރާތަކާއި މުވައްސަސާތަކަށް ރަނގަޅު މަސައްކަތެއް ނުކުރެވުމުގެ ސަބަބުން ދިމާވި ގޮތްކަމަށް ސަނީފް ވިދާޅުވި އެވެ.

ސަނީފް ވިދާޅުވީ މިއީ ވަކި މީހަކު ނަގަންޖެހޭ ޒިންމާއެއްކަމަށް ބުނަން ބޭނުން ނުވާކަމަށާއި، އެކަމަކު ފާޅުގައި އެމްޑީޕީއަށް ގެއްލުންތަކެއް ދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިކަމެތިކޮށްލުމަށް ރައީސް ނަޝީދު ކުރަމުން ދިޔަ މަސައްކަތަށް ދެވުނު ޖާގައަކީ ގޯހެއްކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ. ރައީސް ނަޝީދުގެ ނަޒަރުގައި މުޅި ޕާޓީއާއި ރައްޔިތުން ވެސް ގުރުބާންވެ، ވަކާލާތު ވެސް ކުރަންވީ އެމަނިކުފާނުގެ ހައްގުގައިކަމަށާއި އެ ވިސްނުމާއި އެކު އެއީ ދުވަހަކު ވެސް ރައްޔިތުންނާއި އެމްޑީޕީއަށް ހެޔޮއެދޭނެ ބޭފުޅެއް ނޫންކަމަށް ސަނީފް ވިދާޅުވި އެވެ.

މީގެ އަހަރުތަކެއް ކުރިން ދިވެހިންގެ ހިތްތަކުގެ ރައީސްގެ ގޮތުގައި ދިވެހިން ދުށް ރައީސް ނަޝީދަކީ މިއަދު އެންމެ ނަފްރަތު ކުރާ ރައީސަށް ވެފައިވާކަމަށް ސަނީފް ވިދާޅުވި އެވެ. އަދި ދެން މުސްތަގުބަލުގައި އެމަނިކުފާނަށް ގައުމުގެ އެއްވެސް މަސައްކަތެއްގައި އިސް ލީޑަރުގެ ގޮތުގައި ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުފެނި ދިއުން ވެސް މާ ގާތްކަމަށް ސަނީފް ވިދާޅުވި އެވެ.

މީގެކުރިން އަޅުގަނޑުމެން އެބޭފުޅާ ޕްރޮމޯޓު ކުރަމުން އައީ އެއީ ހިތްތަކުގެ ރައީސްގެ ގޮތުގައި.. މިއަދު ދިވެހިރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ނަފްރަތު ކުރާ ރައީސަށްވެފައި އެހުރީ.. އެއީ ހަގީގަތަކީ.. އެހެންވީމަ މިހެން މިބުނީމަ.. މިހެން ވާހަކަ ދައްކާތީ އަޅުގަނޑުމެން ދެކެ ހިތްހަމަނުޖެހޭ މީހުން ވެސް ތިބޭ.. އަޅުގަނޑުމެންނާ ދިމާލަށް ވަރަށް ހުތުރުކޮށް ވާހަކަ ދައްކާ މީހުން ވެސް އުޅޭ… މިކަން ގަބޫލު ނުކުރަން ވެގެން..

ސަނީފް ވިދާޅުވީ ކުރިޔަށް ދިއުމަށް ރައީސް ނަޝީދު އަބަދުވެސް އެހެން މީހުގެ ނަމާއި، އެ މީހުން ބޭނުން ކުރައްވާ ކަމަށެވެ. އަދި މިޒާޖަކީ އެ ބޭނުމެއް ފުދުމުން މީހާގެ ބޭނުން ކެނޑި ދޫކޮށްލުން ކަމަށެވެ. ސަނީފް ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީ ބޭނުން ކުރައްވަމުން އައީ ގޮތަކީ ވެސް އެއީ ކަމަށެވެ.

އެމްޑީޕީ ރޫޅާލާނެކަމަށް، ނުވަތަ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުލިބޭނެ ހުރިހާ ގޮތްތަކެއް ހޯއްދަވާނެކަމަށް ވަރަށް ފާޅުކަން ބޮޑުކޮށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވިކަމާއި އަދި އެމްޑީޕީގައި ހުންނެވިއިރު ވެސް އެމަނިކުފާނުގެ ވިސްނުމަކީ ރައީސް ސޯލިހު ނޫން ގޮތެއް ހޯދުންކަމަށް ފާހަގަކޮށް އެކަމަށް ޖާގަ ދެވުމަކީ ހެދުނު ގޯހެއްކަން ގަބޫލު ކުރައްވަމުން ތޯ ސުވާލު ކުރުމުން ސަނީފް ވިދާޅުވީ ރައީސް ނަޝީދު ކޮންމެ ގޮތަކަށް މަސައްކަތް ކުރެއްވި ނަމަވެސް އެމަނިކުފާނާ ދެކޮޅަށް ބަސް ބުނަން ބޭނުން ނުވި ބަޔަކު ތިބި ކަމަށެވެ. އެއީ ކުރާ އިހުތިރާމެއްގެ ބޮޑުކަމުންކަމަށާއި، އެއީ ޕާޓީއަށް އެންމެ ފުރަތަމަ ވެރިކަން ހޯއްދައިދެއްވި ޕާޓީގެ ރައީސްކަމަށްވުމާއި އެކު އުނދަގޫ ކަންތަކެއް ހުރިކަމަށް ސަނީފް ވިދާޅުވި އެވެ.

އެހެން ނަމަވެސް އަމިއްލަ އެދުންތަކާއި އެކު މަސައްކަތް ފަށައި، ރައީސް ނަޝީދު ސަރުކާރާއި އެމްޑީޕީއަށް ގެއްލުންދޭން ފެށުމުން އެކަމަށް ޖާގަ ދެވިގެން ނުވާނެކަމަށް ގަބޫލު ކުރައްވާކަމަށް ސަނީފް ވިދާޅުވި އެވެ.

ސަނީފް ވިދާޅުވީ ދިވެހި ތާރީހުގައި ބަޣާވާތް ކުރެއްވި ބޭފުޅުންގެ ގޮތުގައި ލިޔެވިފައި ވަނީ ރިޔާސީ އިންތިހާބަކުން ފަސް އިންސައްތަ ލިބުނު ބޭފުޅަކާއި، ހަތް އިންސައްތަ ލިބުނު ބޭފުޅެއް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ވެރިކަމާއި ހަވާލުވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މި އަހަރުގެ އިންތިހާބުގައި ޑިމޮކްރެޓްސް ވާދަކޮށް ލިބުނު ނަތީޖާއަށެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ ދެމެދު ޖެހުނު މައްސަލަތަކަށް ފަހު އެ ޕާޓީން ބޭނުން ވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ނުގެނެވޭނެ ގޮތެކެވެ. އަދި ރޭ ސަނީފް ވެސް ވިދާޅުވީ އާންމު މެމްބަރުން ބޭނުން ވަނީ ރައީސް ނަޝީދުގެ އަމިއްލަ އެޖެންޑާތަކަށް ފުރުސަތު ނުދިނުމަށް ކަމަށެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 63%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: