ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތަކުގެ މެޝިނަރީތައް ގެންދަން އެންގިކަމަށް ބުނާ ވާހަކައިގައި ހަގީގަތެއް ނެތް: މުއިއްޒު

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު. ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއުއެއް ހުއްޓާލުމަށް ނުވަތަ މަޑުޖައްސާލުމަށް ވެސް އަންގާފައި ނުވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވެސް މުއިއްޒު ތަކުރާރުކޮށް ދެއްކި ވާހަކައަކީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ސަރުކާރުން ކުރިޔަށް ގެންދާ އެއްވެސް މަޝްރޫއެއްގެ ހުރަހަކަށް ނުވާނެ ކަމަށެވެ. އަދި ވެރިކަން ލިބިވަޑައިގެންފި ނަމަ އެ މަސައްކަތްތައް ހުއްޓުވައި، މަޑުޖައްސާލުމަށް ވެސް މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވި އެވެ.

ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ބައެއް ކަންކަން މަޑުޖައްސާލުމަށް ނުވަތަ ނުކުރުމަށް އިރުޝާދު ދިން ނަމަވެސް އޭގެ ތެރޭގައި މަޝްރޫއުތަކުގެ މަސައްކަތް ހުއްޓާލުން ނުހިމެނެ އެވެ. އެގޮތުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާފައި ވަނީ ކޮންޓްރެކްޓުތައް ހަވާލު ނުކުރުމަށާއި، މަގާމުތަކަށް މީހުން އައްޔަނު ނުކުރުމަށެވެ.

ބައެއް ރަށްތަކުގެ މަސައްކަތްތައް ހުއްޓާލައި، މެޝިނަރީތައް ރަށުން ގެންދަން ފަށާފައި ވަނީ އިންތިހާބީ ރައީސްގެ އެންގެވުމަށްކަމަށް ބުނެ ބައެއް މީހުން ފާޑުކިއުން އަމާޒު ކުރާތީ އެކަން ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފާހަގަކޮށްފައި ވެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ މަޝްރޫއުއެއް މަޑުޖައްސާލުމަށް ނުވަތަ ހުއްޓާލުމަށް އަންގާފައި ނުވާނެ ކަމަށެވެ. އަދި ބައެއް ރަށްތަކުގައި އެމަނިކުފާނުގެ އެންގެވުމަކަށް މެޝިނަރީސްތައް ބާލަމުން ގެންދާކަމަށް ބުނެ ދެކެވެމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: