ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރުމާއި، ނެނގޭނެ ގޮތުގެ އުސޫލެއް ކަނޑައަޅައިފި

ބިދޭސީން ގާނޫނަށް ފެއްތުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރުމާއި ނެނގޭނެ އުސޫލެއް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން

ޕެންޝަން އޮފީހުން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންވެސް މަރުވުމަށްފަހު، ޕެންޝަން ފަންޑަށް ޖަމާކުރެވޭ ފައިސާ ނެނގޭނެ ކަމަށާއި، އެކަމަކު ރިޓަޔާމެންޓް ސޭވިންގް އެކައުންޓަށް ޖަމާވެފައިވާ ފައިސާ ނެނގޭނީ އެ މުއައްޒަފަކު ނިޔާވުމަށްފަހުކަމަށެވެ. އަދި އެފައިސާ ނެގޭނީ އެ މުއައްޒަފަކު މަރުވުމަށްފަހު އެމީހެއްގެ ވާރިސުންނަށް ކަމަށްވެސް ބުނެފައިވެއެވެ.

މުއައްޒަފަކު މަރުވެއްޖެނަމަ މިފަދަ ހާލަތެއްގައި ފައިސާ ހޯދުމަށް ބޭނުންވާނަމަ، ބިދޭސީ މުއައްޒަފަކު މަރުވިކަން އެނގޭނެ ރަސްމީ ލިއުމެެއް ޕެންޝަން އޮފީހަށް ހުށައަޅަންޖެހޭނެއެވެ. މިގޮތުން ލިއުން ހުށައަޅާއިރު، އެ ލިއުމުގައި ވާރިސުންނަކީ ކޮންބައެއްކަމާއި ވާރިސުންނަށް ޕެންޝަން ފައިސާ ހައްގުވާކަން އެނގޭނެ ފަދަ ލިއުމަކަށް އެލިއުން ވާންޖެހޭނެ ކަމަށާއި، އަދި އެއީ އެ ގައުމެއްގެ ކޯޓަކުން ދޫކޮށްފައިވާ ރަސްމީ ލިއުމަކަށްވެސް ވާން ޖެހޭނެ ކަމަށެވެ.

ބިދޭސީ މުއައްޒަފުންގެ ފައިސާ ޖަމާކުރެވޭނީ ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ ބޭންކެއްގެ ދިވެހި ރުފިޔާގެ އެކައުންޓަށެވެ. އަދި ފައިސާ ޖަމާކުރުމުގައި އެހެންމީހެއްގެ އެކައުންޓަށްވެސް ފައިސާ ޖަމާކުރެވޭނެ ކަމަށާއި، ނަމަވެސް މި ގޮތަށް ޖަމާކުރެވޭނީ ވާރިސުންގެ ބަހެއް އޮވެގެން ކަމަށް އެ އޮފީހުންވަނީ ބުނެފައެވެ.

ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރުން މިހާރު އެ އޮފީހުންވަނީ ބިދޭސީ މުުއައްޒަފުންނަށް ހުޅުޥާލާފައެވެ. އެގޮތުން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރުއްވުމަށްފަހު އޮފީހަށް ހުށަހެޅުމަށްވެސް ވަނީ އެދިލައްވާފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: