ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިން ނިކުމެ މިއަދު ދެއްކީ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯބި!

ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މާލޭގައި ބޭއްވި ސައިކަލު ބުރަށް ފަހު އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުން.:ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް އަޑު އުފުލައި ފަލަސްތީނުގެ ރައްތިތުންނާއި އެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވައިފި އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިންތިޒާމު ކުރާ “ދިވެހިން ފަލަސްތީނާއެކު” ހަރަކާތުގެ ދަށުން މާލޭގެ ރަސްފަންނުން ފެށިގެން، އާޓިފިޝަލް ބީޗާ ހަމައަށް ސައިކަލު ބުރެއް ބޭއްވި އެވެ. މި ހަރަކާތުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކުގައި ވެސް މި ހަރަކާތް މިއަދު ކުރިޔަށް ގެންދިޔަ އެވެ.

އައިއޭސީ އަދި ރާއްޖޭގެ އެކި މީޑިއާތަކުގެ ބައިވެރިވުމާއި އެކު ފަލަސްތީނަށް އެހީވުމުގެ ހާއްސަ ތެލެތޯނެއް ވެސް ވަނީ ފަށާފަ އެވެ. މި ތެލެތޯން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ހަރަކާތުގެ ދަށުން މާލޭގެ އެކި މިސްކިތްތަކުގައި ބޭރުގައި ފަންޑު ފޮށިތައް ބަހައްޓާފައިވާއިރު، އޮންލައިންކޮށް ވެސް ފައިސާ ފޮނުވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: