ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްއިން ދަރިވަރުނަށް ހާއްސަކޮށްގެން ޕޯޓް އޯޕަން ޑޭއެއް ބާއްވައިފި

ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގައި އޮތް މަސައްކަތުގެ ދާއިރާތަކުގެ މައުލޫމާތު ސްކޫލު ދަރިވަރުންނާއި ހިއްސާކޮށް، އެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމަށް ”ޕޯޓް އޯޕަން ޑޭ“ އެއް މިއަދު ބާއްވައިފިއެވެ.

”ޕޯޓްސް އޯޕަން ޑޭ“ ބާއްވާފައިވައި ވަނީ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ސްކޫލު ކުދިންނަށް އަމާޒުކޮށްގެންނެވެ. 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ މި ހަރަކާތުގައި އަތޮޅު ތެރޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި ބައިވެރިވެފައިވާ ސްކޫލުތަކުގެ ތެރޭގައި ހުރަވީ ސްކޫލާއި، އިމާދުއްދީން ސްކޫލާއި، ކަލާފާނު ސްކޫލާއި، ތާޖުއްދީން ސްކޫލާއި، ހުޅުމާލެ ސަލާހުއްދީން ސްކޫލާއި، ހުވަދޫ ސްކޫލާއި، ބ.އަތޮޅު ތައުލީމީ މަރުކަޒާއި، ނ.ހެނބަދޫ ސްކޫލުގެ އިތުރުން ރ.އިނގުރައިދޫ ސްކޫލްގެ ދަރިވަރުން ހިމެނެއެވެ.

ފޮޓޯ: އެމްޕީއެލް

މި ހަރަކާތުގައި ހިމެނޭ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ދަރިވަރުން ޕޯޓުގެ އެކިއެކި ދާއިރާތަކުގެ މައުލޫމާތުތައް ބަލާލުމަށް އެ ދަރިވަރުން ވަނީ މާލޭ ވިޔަފާރި ބަނދަރަށްވެސް ޒިޔާރަތްކޮށްފައެވެ. އަދި ސޭފްޓީ އެކިއުރިޓީ ޑްރިލް އަކާއި ޕޯޓުގައި ހުރި މެޝިންތައް ބޭނުންކުރާ ގޮތްވެސް ވަނީ ދައްކާލާފައެވެ. މީގެއިތުރުން ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލް އަށްވެސް ދަރިވަރުން ވަނީ ޒިޔާރަތް ކޮށްފައެވެ.

މިހަރަކާތުގެ މައިގަނޑު މަގުސަދެއްކަމަށް އެމް.ޕީ.އެލް އިން ބުނެފައި ވަނީ ޕޯޓުގެ ދާއިރާގައި މަސައްކަތް ކުރުމަށް ދަރިވަރުން ގެ މެދުގައި ޝައުގުވެރިކަން އުފެއްދުން ކަމަށެވެ. އަދި އެ ދާއިރާއިން ކުރިއަށް ދެވެންހުރި ކެރިއަރތަކުގެ މައުލޫމާތު ހިއްސާކޮށް އެމް.ޕީ.އެލް އިން ކުރަމުން ގެންދާ މަސައްކަތުގެ މައުލޫމާތުތަށް ފޯރުކޮށްދިން ކަމަށެވެ.

މީގެއިތުރުން ކުންފުނީގެ ސްޓޭކް ހޯލްޑާރުންނާ އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީވެސް އެކަމުގެ އެއް މަގުސަދުކަމަށް ބުނެފައިވެއެވެ. މި ހަރަކާތުގައި ބައިވެރިވި ދަރިވަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ތިން ދަރިވަރަކަށް ލެޕްޓޮޕެއް ހަދިޔާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: