ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.ޕީ.އެލްގެ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން ޤައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން އެމް.ޕީ.އެލްއިން ހިންގާ ޕްރޮގްރާމްގައި ޖުމްލަ ހަ ދާއިރާއަކުން 30 ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ:

  1. މެރިން މެކޭނިކް އެޕްރެންޓިސް ( 3 ޖާގަ)
  2. ހެވީ ވެހިކަލް މެއިންޓެނެންސް އެޕްރެންޓިސް (10 ޖާގަ)
  3. އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް އެޕްރެންޓިސް – (6 ޖާގަ)
  4. އެޑްމިނިސްޓްރޭޓިވް އެޕްރެންޓިސް – (1 ޖާގަ)
  5. ފަރުނީޗަރު ކާރޕެޓްންޓްރީ އެޕްރެންޓިސް – (4 ޖާގަ)
  6. ވެލްޑިން ޓްކްނިކްސް އެޕްރެންޓިސް – (6 ޖާގަ)

މި ޕްރޮގްރާމަކީ 6 މަސް ދުވަހުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކުވެސް 5000ރ ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2025 ވާ ދުވަހުގެ 15:30ގެ ކުރިން ފޯމު ހުށެހެޅުން އެދެމެވެ.

މި ޕްރޮގްރާމްގެ ބައިވެރިންގެ ޝަރުތުތަކާއި ފޯމު ހުށަހަޅާ ގޮތުގެ މަޢުލޫމާތު ގެޒެޓް ކުރެވިފައިވާ އިއުލާން https://bit.ly/4nHWCbs އިން ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: