ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޓީއެލް ފެރީގެ ޓިކެޓްވެސް، ކޭޝް ކާޑުން މިހާރު ނެގޭނެ

ފޮޓޯ/ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓާރ މާލެ ސަރައްދުގައި ހިމެނޭ ވިލިނގިލި، ހުޅުމާލ،ެ ތިލަފުށި، އަދި ގުޅީފަޅުގައި ކުރާ އާއްމު ދަތުރުފަތުރުގެ ޚިދުމަތުގެ ޓިކެޓިންގ ނިޒާމް އާރްޓީއެލް ޓްރެވެލް ޕްލެޓްފޯމަށް ބަދަލު ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ގްރޭޓާރ މާލެ އާއްމު ފެރީ ދަތުރުފަތުރުގެ ޙިދުމަތް ތަރައްގީކޮށް ފަސިންޖަރުންނަށް ފަސޭހަ ކަމާއިއެކު ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 16 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުން ފެށިގެން ފެރީ ޚިދުމަތުގެ ޓިކެޓިންގ ނިޒާމް އާރްޓީއެލް ޓްރެވެލް އެޕް އަދި ވެބްސައިޓް ޕްލެޓްފޯމަށް ވަނީ ބަދަލު ކުރެވިފައިކަމަށެވެ.

މިގޮތުނ،ް އެކުންފުނިން ބުނީ އާރްޓ.ީއެލް. ގްރޭޓަރ މާލެ ސަރަޙައްދުގެ ފެރީ ޚިދުމަތަށް 3 ޒަރީޢާއަކުން ފައިސާދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އެއ،ީ އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔު.އާރް ޓިކެޓް ބައްލަވައިގެންނާއ،ި ގްރޭޓަރ މާލެ ފެރީ ޓަރމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިޔު،.އާރް ޓިކެޓް ބައްލަވައިގެންނާއ،ި ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ ކޮންކްޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އ.ީއެމް.ވީ ކާޑު މާސްޓަރ ކާޑު ނުވަތަ ވިސާ ކާޑުން ކަމަށެވެ. މިގޮތުން ޓަރމިނަލްތަކުގައި ހަރުކޮށްފައިވާ ވެލިޑޭޓަރުގައި ޓެޕް ކުރައްވައިގެން ޓިކެޓް ނެގޭނެ ކަމަށެވެ.

މީގެ އިތުރުރުން  އާރް.ޓ.ީއެލް. ޓްރެވަލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ބައްލަވާގަންނަވާއިރު އެއްފަހަރާ 10 ޓިކެޓާ ހަމައަށް ބައްލަވައިގަނެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެންމެ ދަތުރަކަށް ނަގާ ކިޔު އާރް. ޓިކެޓް  ބޭނުންކުރެއްވޭނީ 7 ދުވަހުގެ މުއްދަތަށް ކަމަށާއި، މަލްޓިޕަލް ޖަރނީ ޓިކެޓް ވިލިމާލެ އަދި ތިލަފުއްޓަށް ޙާއްސަ ޓިކެޓް ބައްލަވައިގަންނަވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެއްވޭނެ ކަމަށްވެސް އެކުންފުނިންވަނީ ބުނެފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ދަށުން އަތޮޅުތެރޭ ދުއްވާ ބަހުން ކޭޝް ކާޑުން ރުފިޔާ ދެއްކޭނެގޮތްވެސް އެމްޓީސީސީންވަނީ ހަމަޖައްސައިފައެވެ. އެ ކުންފުނިން ބުނީ ތައާރަފް ކުރެވުނު މި ދެ ހިދުމަތަށްވެސް މީގެ ކުރިން އެކުންފުނިން ދޭ އުސޫލުގެ މަތިން 65 އަހަރުން މަތީގެ މީހުންނަށާއ،ި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް، އައ.ިޑ.ީ ކާޑު ދެއްކެވުމުން ހިލޭ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ހަމައެހެންމެ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާ ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށް ބުނެއެވެ.  މީގެ އިތުރުނ،ް ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށާއި ކޮލެޖް ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް ސްޓޫޑެންޓް ކާޑު ދެއްކުމުން ބަހުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: