ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓިސީސީގެ ކަށަވަރު ޕްރޮމޯ އިފްތިތާހުކޮށްފި

އެމްޓިީސީސީގެ "ކަށަވަރު ޕްރޮމޯ 2023" އިފްތިތާޙު ކުރރުން /އެމްޓީސިސީގެ ސީއީއޯ އާދަމް އާޒިމް އާއި އެކު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓިީސީސީގެ “ކަށަވަރު ޕްރޮމޯ 2023” އިފްތިތާޙު ކުރައްވައިފިއެވެ.

“ކަށަވަރު ޕްރޮމޯ” އިފްތިތާހު 3ެ4 އެމްޓިސީސީގެ ކަށަވަރު ޝޯރޫމްގައި  ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

އެމްޓީސީސީން ބުނީ އެ ޕްރޮމޯގެ މުއްދަތުގައި ވިޔަފާރި ކުރައްވާ ކޮންމެ ކަސްޓަމަރަކަށް 5,000ރުފިޔާގެ ކޫޕަނެއް ލިބިވަޑައިގަންނަވާނެ ކަމަށާއި، އަދ،ި ޕްރޮމޯ ނިންމާލަމުން ނެގޭ ގުރުއަތުންވެސް ހޮވޭ ފަރާތަކަށް ސުޒުކީ 175 ހޯސްޕަވަރުގެ އިންޖީނެއް ލިބިވަޑައިގަންނަވާނެކަމަށެވެ.

“ކަށަވަރު ޕްރޮމޯ 2023” އަމާޒުކޮށްފައިވާނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނޭރުންނާއ،ި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް އެކުންފުނިން ބުނެއެވެ.

އެމްޓިސީސީން މިއަދު އިފްތިތާހު ކުރި ޕްރޮމޯޝަންގެ މަޤްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށާއި، އެ ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓް ތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއ،ި ސްޓަރން އައިޓަމްސްއާއ،ި ސްކޮޓް ބޭޑަރ ރެސިން އާއ،ި ސްކޮޓް ބޭޑަރ ޖެލްކޯޓްސް އަދި ޕިގްމެންޓްސްއާއ،ި ޔަންމާ ޖެންސެޓްސްއާއ،ި ސްޕެއާރ ޕާރޓްސްއާއ،ި އެކްސަސަރީޒްއާއ،ި އިންޑަސްޓްރިއަލް ގޭހާއ،ި މެރޯލް އަދި ލުބްރިކަންޓްސް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައ،ި މާލޭ ބަނދަރު ސަރަޙައްދ،ު ހުޅުމާލޭ ބަނދަރު ސަރަޙައްދ،ު ތިލަފުށީ ޑޮކްޔާރޑް އަދި ސައިޓ،ް ރ. އަލިފުށ،ި ރ. ވާދ،ޫ ތ. ހިރިލަންދ،ޫ ތ. ތިމަރަފުށ،ި ތ. ދިޔަމިގިލ،ި ދ. ކުޑަހުވަދ،ޫ ކ. މާފުށ،ި ކ. ގުޅި އަދި ޏ. ފުވައްމުލަކުގައި އައުޓްޑޯ އިވެންޓް ބޭއްވުމާއި މި ތަންތަނަށް ޒިޔާރަތް ކުރުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

އެމްޓީސީސީން ބުނީ އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއ،ި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުނ،ް އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއ،ި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައްވެސް އެ ކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ގެންދަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: