ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގާމުން ވަކި ކުރާ ފަނޑިޔާރުންނަށް ވަކީލުކަމުގެ ހުއްދަ ބާތިލުވާ ބިލު އަނެއްކާވެސް ކޮމިޓީއަށް!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ވަކިކުރުމަށް ފޮނުވާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރަން ޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ސަރުކާރުގެ ފާރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެވެ. އެ އިސްލާހުގައި ވަނީ ގާނޫނުގެ ފަންނުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް ފަސް އަކުރެއް އިތުރު ކުރުމަށެވެ. އެ ގާނޫނުގައި މިހާރު ބަޔާން ކުރާ ގޮތުން، ފަނޑިޔާރުކަމުން ވަކިވުމާއި އެކު އެ މީހެއްގެ ވަކީލުކަމުގެ ހުއްދަ ދެމި އޮންނާނެ އެވެ. އަދި ބައެއް ފަނޑިޔާރުންކީ އެގޮތަށް ބޮޑެތި މައްސަލަތަކުގައި ދިފާއީ ވަކީލުކަން ކުރައްވާ ބޭފުޅުންނެވެ.

ބޮޑެތި ތުހުމަތުތަކާއި އެކު، މިދިޔަ ދެ އަހަރެއްގެ ތެރޭގައި ގިނަ ފަނޑިޔާރުން ވަކިކޮށްފައިވާއިރު، ބައެއް ފަނޑިޔާރުން އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ވެސް ދެއްވާފައި އެބަހުއްޓެވެ.

އިސްލާހުގައި ވަނީ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން އެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ފެންނަކަމަށް ބަޔާންކޮށް ޖޭއެސްސީން މައްސަލައެއް ހުށަހެޅުމުން، އެއީ ގާނޫނީ ވަކީލުކަމުގެ ސުލޫކާއި ހިލާފު އަމަލެއްކަމަށް ބަލައި، އެ ފަރާތެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރެވިދާނެކަމަށެވެ.

މި ބިލު ދިރާސާ ކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީން ހުށަހެޅި ރިޕޯޓު ފާސްކުރުމަށް ނުފެންނަކަމަށް 34 މެމްބަރުން ވޯޓު ދިނެވެ. ރިޕޯޓު ފާސް ކުރުމަށް ވޯޓު ދިނީ 09 މެމްބަރުންނެވެ. މިއީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލި ދެވަނަ ފަހަރެވެ.

ބިލު އެންމެ ފުރަތަމަ ހުށަހެޅިއިރު އިސްލާހުގައި ބުނެފައި ވަނީ ލައިސެންސް ބާތިލު ކުރުމަށް ފަހު ދެން އެ މީހަކަށް ހުއްދަ އަލުން ހޯދޭނީ، ފަނޑިޔާރުކަމުން ވަކި ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ފާއިތުވުމަށް ފަހުކަމަށެވެ. އަދި އެ ހުއްދަ އަލުން އަނބުރާ ލިބޭނީ ގާނޫނުގައި ބުނަ އިޖުރާއަތްތައް ފުރިހަމަކޮށްކަމަށް ބުނެފައި ވެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހުތަކުގައި، ފަނޑިޔާރު ވަކި ކުރެވޭ ހާލަތާއި ކުރި އަމަލަށްބަލައި ދެން އަލުން ވަކީލުކަމުގެ ހުއްދަ ނުލިބޭނެ ހާލަތަތްތައް ވެސް ބަޔާންކޮށްފައި ވެއެވެ. އެއީ “އެކަށީގެން ނުވާ” ބޮޑު އަމަލެއް ޖޭއެސްސީން މައްސަލަ ބަލަން ފަށައި، އެކުލަވާލާ ތަހުގީގު ކޮމިޓީއަށް ސާބިތުވެ، އެކަން ރިޕޯޓުގައި ހިމަނާފައިވާނަމަ އެވެ.

”އެކަށީގެން ނުވާ ބޮޑު އަމަލެއް“ ގެ ގޮތުގައި ބެލެވޭނީ، އިސްލާހުގައި ބުނާ ގޮތުން ފަނޑިޔާރުކަމުގައި ހުރި ފަރާތުން ކުރި އަމަލަކީ އޭގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމާއި ޝަރޫއީ ދާއިރާގެ އިތުބާރު ގެއްލޭފަދަ ބޮޑު އަމަލެއްކަމަށް ހިނގުމެވެ. އަދި އެފަދަ އަމަލުތަކަކީ ކޮބައިކަން ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ކަނޑައަޅާ ގަވައިދުގައި ހިމަނާފައި ހުންނާނެކަމަށް އިސްލާހުގައި ވެއެވެ.

ސުލޫކީ މައްސަލައެއް ބަލަން ފަށައި، މަޖިލީހަށް މައްސަލަ ފޮނުވުމުން ބައެއް ފަނޑިޔާރުން މަގާމުން އިސްތިއުފާ ދޭކަން ފާހަގަކޮށް އިސްލާހުގައި ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދިންކަމުގައި ވާނަމަ ވެސް ވަކީލުކަމުގެ ހުއްދަ ބާތިލު ކުރެވޭނެކަމަށެވެ.

މި އިސްލާހުތަކަށް ކޮމިޓީން ފަހުން ފެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުކަމުން ވަކިކުރާ ނުވަތަ ވަކިވާ ފަނޑިޔާރުން އެ މަގާމުން ވަކިކުރާ ނުވަތަ ވަކިވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭ ގޮތަށެވެ. އަދި ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތުން ނިމުމަކަށް ގެނައުމަށް އެދޭ ގާނޫނީ ވަކީލުން އެކަން ބަޔާންކޮށް ބާ ކައުންސިލުން ކަނޑައަޅާ އުސޫލާ އެއްގޮތަށް އެ ކައުންސިލަށް ހުށަހެޅިދާނެކަމަށް ވެއެވެ.

ކޮމިޓީ ރިޕޯޓުގައި ވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ އިހުތިޔާރު ބާ ކައުންސިލަށް ދީފައިވަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައިގެ ލިޔެކިއުންތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: