ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ. ކެނދިކުޅުދޫ ހޮސްޕިޓަލުން ކުޑަކުދިންތަކަކަށް ނުބައިވެކްސިން ޖަހައިފި

ނ. ކެނދުކުލަދޫ ހޮސްޕިތަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ކެނދިކުޅުދޫ ހޮސްޕިޓަލުން ކުޑަކުދިންތަކަކަށް ނުބައިވެކްސިން ޖަހައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުދިންނަށް އެ ހޮސްޕިޓަލުން ޖަހާފައި ވަނީ އައިޕީވީ ވެކްސިނުގެ ބަދަލުގައި އެޗްޕީވީ ވެކްސިން އެވެ. މި ހާދިސާ ހިނގާފައިވަނީ  މި މަހު 10 ވަނަ ދުވަހުއެވެ.

މި ވެކްސިން އެކުދިންނަށް ދީފައިވަނީ ދިވެހި ނަރުހެއް ހުރެގެން ކަމަށްވެސް މައުލޫމާތު ލިބިފއިވެއެވެ. މި ހާދިސާ ހިނގާފައިވާއިރު މި ކަމާއިގުޅިގެން މިނިސްޓްރީން އެ މުއައްޒަފުންނާއި މެދު އަދި އެއްވެސް ފިޔަވަޅެއް އަޅާފަވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވެއެވެ. މި މައްސަލައިގެ މައުލޫމާތު ހޯދާލުމަށް ސަންގުން ހެލްތު މިނިސްޓްރީ އަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާތީ ޖަވާބު ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކެނދިކުޅަދޫ ކައުންސިލް ރައީސް މުހައްމަދު ރައޫފް ސަންގަށް ވިދާޅުވީ ވެކްސިން ދެވިފައިވާ ދެ ކުދިންގެ އާއިލާއިން އެކުދިން ގޮވައިގެން މިހާރުވަނީ މާލެ އައިސްފައި ކަމަށެވެ. އަދި އެ ދެ ކުދިންގެ ސިއްހީ ރިޕޯޓްތަކުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށްވެސް ރައޫފް ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގައި މިފަދަ ކަންތައްތައް ދޭތެރެ ދޭތެރެއިން ފެންމަތިވަމުންދާއިރު ދާދި ފަހުންވަނީ ގދ. ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައި އޮތް ކުޑަކުއްޖަކަށްވެސް ނުބައި އައިވީއެއް ދީފައެވެ. ނަމަވެސް އެ މައްސަލަ ހޫނުވެ އެ އައިވީ ދެއްވި ނަރުހަށް ފަހުން ހެލްތުމިނިސްޓްރީން ވަނީ ފިޔަވަޅުވެސް އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: