ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ސިއްހީ ނިޒާމު، ރައްޔިތުން ކަނުކޮށްލައިފި

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިއްހީ ނިޒާމުގެ ދޯހަޅިކަމުގެ ވާހަކަތަކަކީ އެ އަޑެއް ތަކުރާރުކޮށް އިވިއިވި ކަންފަތަށް އާ ވާހަކަތަކެއް ނޫނެވެ. ސިއްހީ ނިޒާމުގެ ތެރޭގައި އާއި، ބައްޔަށް ފަރުވާ ދިނުމުގައި ހިނގާފައިވާ ގޯސްތައް ތަޖުރިބާކޮށްފައިވާ ބަލިމިހުން ސޯޝަލް މީޑިޔާގެ އެކި މަންސަ ތަކުގައި މި ވާހަކަތައް ތަކުރާރުކޮށް ލިޔާ ތަންފެނެ އެވެ. ސިއްހީ ނިޒާމުގެ ތެރެއިން ކަންތައް ހިނގަމުން ދަނީ އިންސާފުން ނޫންކަމަށް ބުނާ މީހުން ފާހަގަކުރާގޮތުގައި އާންމު ރައްޔިތުން ކަނުބަދެފައި ބޭތިއްބުމަށްފަހު އެއިރެއްގެ އޮންނަ ސަރުކާރަކުން ފައިސާ ފޭރިގަންނަނީއެވެ.

ރޯމާ ދުވާލު ބަލަންތިއްބާ މިއީ ހިންގާ ބޮޑު ޖަރިމާއެއްކަމަށް އެ މީހުން ބުނެއެވެ.

އަންނަ މަހުގެ 17 ގައި އައު ދައުރަކަށް ހަވާލުވާ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ ކޮމިޓީތަކުގެ ބައެއް ހޯދުންތަކުގެ މައުލޫމާތުތައް ހާމަކުރިއެވެ. އެގޮތުން ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ގުޅޭ ގޮތުން ފާހަގަކުރެވުނު މައުލޫމާތުތައް ހިއްސާކުރައްވައި ފިރުޒުލް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

މިއީ އާދައިގެ ވާހަކަތަކެއްނޫނެވެ. ހަގީގަތް އެކުލެވިގެންވާ ވާހަކަތަކެއް ކަމުގައިވާނަމަ ކަންބޮޑުވުން ހުރި ވާހަކަތަކެވެ.

އެހެންޏާ މިއީ ހަގީގަތް އެކުލެވޭ ވާހަކަތަކެއްކަމަށްވާނަމަ ދެން ރައްޔިތުން އަމަލުކުރާނީ ކޮންތާކަށްބާއެވެ. ލިބޭ މުސާރައިން ރައްޔިތު މިހާ ހުރީ ދެކޮޅު ނުޖެހިފައެވެ. ސިއްހީ ކުއްލި ފަރުވާއެއް ހޯދަން މުއްސަނދި މީހައަށް ބޭނުން ގަައުމަކަށް ދާން ފަސޭހަވާނެ އެވެ. އެކަމަކު ތަކުލީފު އުފަލަން ޖެހޭނީ އެއްކަލަ އާދައިގެ ނިކަމެތި މީހާ އެވެ. ރަށުން ދިމަވާ ކަމަކަށް، އަތޮޅު ހޮސްޕިޓަލުން ވެސް ފަރުވާ ނުލިބި އެންމެ ފަހުން ބޮޑު ހޭދައެއް ކުރަން އަންނަން ޖެހެނީ މާލެއަށެވެ.

އިންތިގާލީ ކޮމިޓީތަކާއި ހަވާލާދީ ފިރުޒުލް ދެއްވި މައުލޫމާތުން އެނގިގެންދިޔައީ ސިއްހީ ސާމާނުގެ ސްޓޮކްތައް އައުކޮށްފައި ނުވާކަމެވެ. އަަދި ހިދުމަތް ދެނީ އެމަޖެންސީ ސްޓޮކުން ނަގައިގެން ކަމަށެވެ. އެހެންކަމަށްވާތީ ސްޓޮކް އާ ނުކޮށްފި ނަމަ، އަންނަ މަހުގެ މެދަކާ ހަމައިން ސިއްހީ ހިދުމަތްތައް ހުއްޓިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަސީލަތްތައް ނެތުމުގެ ސަބަބުން މީގެ ކުރިން ހިނގާފައިވާ ކަންކަމަށް ބަލާލަމާ ހިނގާށެވެ. އާންމު އުސޫލުގެ މަތިން އެހީގެ އާޓީކަލްއެއް ލިޔުމަށް ދެތިން މީހަކު އަޅުގަނޑާ ވާހަކަދައްކާލިވެ. ކިޔައިދިނީ އަޑުއަހަން ފަސޭހަ ވާހަކަތަކެއްނޫނެވެ. ފުރަތަމަވެސް އެމީހާ ކިޔައިދިނީ އެނާއަށް ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފަރުވާއަށް އެދި ދިއުމުން ކަންތައް ހިނގައިދިޔަ ގޮތުގެ ތަޖުރިބާގެ ވާހަކަތަކެވެ. ނެތް ބައްޔަކަށް އައިޖީއެމްއެޗުން 3 އޮޕަރޭޝަނެއް ކުރުވި ވާހަކަތަކެވެ.

“ބަލިވީމާ ދައްކަން ޖެހޭނީ ޑޮކްޓަރުންނަށް ކަމުން ފުރަތަމަވެސް ދެއްކީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑޮކްޓަރު ޝާން އަށް. ޝާން ވިދާޅުވީ މައިބަދައިގެ ޑިސްކަށް ޖެހިފަ ހުރި މައްސަލައެކޭ ހުރީ. އެގޮތުން އެކިފަހަރުމަތިން ތިން އޮޕަރޭޝަނެއް ކުރި. ދެން ރަނގަޅު ނުވެ ދުވަސްވާތީ ޑރ. މުރުޝިދަށް ދެއްކީ ޓެސްޓުތަކާއި އެހެނިހެން ގޮތްގޮތަށް ބެލުމަށްފަހު ނިންމީ އަޅުގަނޑުގެ ބައްޔަކީ އާތުރައިޓްސް ކަމަށް. އެދުވަހަށްފަހު އެބައްޔަށް ފަރުވާ ކުރަމުން އައީ.” އެމިހާ ކިޔައިދިނެވެ.

އެމިހާ ބުނީ އޭގެފަހުން ނޭވާ ހާސްވެ އައްސިވާގޮތްވާން ފެށިކަމަށެވެ. އޭގެފަހުން ދެން ދެއްކީ އޭޑީކޭ ރިއުމެޓޮލަޖިސްޓަކަށް ކަމަށާއި، އެ ޑޮކްޓަރު ވިދާޅުވި ކަމަށް އެމިހާބުނީ އާތްރައިޓްސް ބަލިނެތް ކަމަށެވެ. އޭޑީކޭން ހެދި އެމްއާރްއޭ ދައްކަމުން، ކަރުންމަތީގެ ތިން ޑިސްކު މައްސަލަ ޖެހިފަ ހުރި ވާހަކަ ވިދާޅުވި ކަމަށެވެ. އަދި ނާރުގެ ޑޮކްޓަރަކަށް ދެއްކުމުން އައިޖީއެމްއެޗުން ކޮށްފައިވާ ތިން އޮޕަރޭޝަން އަކީވެސް ރަނގަޅު އޮޕަރޭޝަންތްކެއް ނޫން ކަމަށާއި އޭގެ ސަބަބުން މައިބަދައިގެ ފަސް ތަނަކަށް ގެއްލުން ލިބިފައި ހުރި ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ.

ދެންވެސް ހަމަ މިގޮތަށް މީހަކު ކިޔައިދިނެވެ. ކުއްޖާ އަކީ ތެލެސީމިޔާ ކުއްޖެއް ކަމުން ގަދަޔަށް ހުން އައިސް ނޭވާލާން އުނދަގޫވާން ފެށުމުން އައިޖީއެމްއެޗަށް ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ. އެހާ ހިސާބުން ކުއްޖާ އެ ހޮސްޕިޓަލުގައި އެޑްމިޓް ކުރިކަމަށާއި، ނަމަވެސް އެ ހޮސްޕިޓަލުން ކުއްޖާއަށް ފަރުވާ ލަސްކުރަމުންދިޔަ ކަމަށް ބުންޏެވެ. އެޑްްމިޓްވެގެން އޮތް ދުވަސްތަކުގައި އެކުއްޖާ ތެޅުނީ މަރަށްތެޅޭ ރޯ މަހެއްހެން ކަމަށް ވެސް ކިޔައިދިނެވެ.

”ދޮޅު މަހެއް ވަންދެން ކުއްޖާ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ބާއްވާފައި އޮތީ. އައިސީޔޫގައި އޮންނަން ބިރުގަންނަވާހަކަބުނޭ. ފާހަނަޔަށް ގެންދަން ބުނީމަ ނަރުހުން ނުގެންދާ ކަމަށް ބުނޭ. ފަހުން ކުއްޖާގެ ފުރަމޭ ދުޅަވެ، ދެފައި، ދުޅަވާންފެށީ. އޯށޯވެގެންނޯވޭ. ހަމަ މަރަށް ތެޅުނީ” ކުއްޖާގެ މާމަ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި ފަރުވާ ލަސްވަމުންދާތީ އެތަކެއް މަސައްކަތަކުން އޭޑީކޭ ހޮސްޕިޓަލަށްއަށް ކުއްޖާ ބަދަލު ކުރި ކަމަށާއި، އޭޑީކޭ އާއި ހަމަޔަށް ކުއްޖާ ގެންދެވުނުއިރު، ފުއްޕާމޭގައި ފެންއުފެދި، ހިތުގެ އެއްފަޅި ދުޅަވެ، މީހާ އެއްކޮށް ދިޔައީ ދުޅަވަމުންނެވެ.

އަނެއްކާވެސް އެހެން ހާދިސާއެކެވެ. ހިނގޭނެ ގޮތެއްނެތް ދެ ދަރިންގެ މަންމަޔަކު ބުނީ، ފައިގައި ނެގި އާދައިގެ ފެން ފޮޅެއް، ބޮޑުވަމުން ދާތީ އައިޖީއެމްއެޗަށް ދިޔަ ކަމަށެވެ. ހަގީގަތުގައިވެސް ބައްޔަކީ ނުރައްކާތެރި ބައްޔެއް ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗުން ވަގުތުން ލަފާ ދެއްވީ ފުރާނަޔަށް ނުރައްކާވާނެތީ ފައި ބުރުކޮށްލަން ކަމަށެވެ.

“ފުރަތަމަ ނިންމީ ފައިތިލަ ބުރި ކުރަން. އެކަމަކު އޮޕަރޭޝަން ކޮށްގެން ނުކުތް އިރު އޮތީ ފައިގެ ކަކުލުހުޅާ ހަމަޔަށް ބުރި ކޮށްފަ. އެ މަންޒަރު ފެނުމުން ވަރަށް ދެރަވި. ވަރަށް އަސަރު ކުރި.” އެމީހާވެސް ކިޔައިދިނެވެ
މިއީ މިއަދުގެ ހަގީގަތެވެ. ނަމަވެސް މިކަމުން ހައްލެއް ނުލިބި ރައްޔިތުން މާޔޫސް ކަމެއްގައި ތިއްބާ އަނެއްކާވެސް ކުރިމަތިވީ މިކަހަލަ ކަމަކާއެވެ. ރާއްޖޭގެ އެންމެ ގިނަމީހުން އެ ހޮސްޕިޓަލަކަށް އިތުބާރުކޮށް، ޔަގީންކަން ދެމުންއައި ދުނިޔޭގެ ނެތް ފެންވަރުގެ ހޮސްޕިޓަލް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ދޯހަޅިކަމާއި ފަރުވާ ކުޑަ ކަމުގެ ވާހަކައެވެ.
އެއާއެކު ސޯޝަލް މީޑިޔާއިން ފެނިގެން ދިޔައީ ޓްރީޓްޕް ހޮސްޕިޓަލުގެ އިހުމާލުން ބަފަޔަކު މަރުވެފައިވާ ކަމަށް ބުނެ އެމީހާގެ ދަރިން ނުކުމެ ޓްރީޓޮޕް ކުރިމަތީގައި އިންސާފަށް އެދި އަޑުއުފުލަމުން ދަނިކޮށެވެ.
ޓްރީޓޮޕް  ކައިރީ ބަޔަކު އަޑުއުފުލަނީ
މި ނިޒާމާއި ދޭތެރޭ ގަބޫލު ކުަރަންބޭނުން ނުވާ އެތައް ވާހަކަތައް އެބަ ދެކެވެއެވެ. އެތައް ބައެެއްގެ އެތައް ޝުއޫރުތަކެއް ފާޅު ކުރަމުން އެބަދެއެވެ. އަޑު އުފުލާމީހުން ބުނަމުން ދަނީ ވަސީލަތްތައް ނެތި ނުފޯރާފޮތިން ފޫގަޅަނީ ކަމަށެވެ.
ދާދިފަހުން ހިނގި ބައެއް ހާދިސާތަކަށް ބަލާއިރު، އެކެއްގެ ގޮހޮރު ބުރިވި ވާހަކަ އަޑުއިވުނެވެ. އަނެއްކެއްގެ ގުދަރު ބިންދާލެވުނު ވާހަކަޔާއި، އަނެކެއްގެ ލޮލަށް ނުބައިބޭހެއް އެޅުނުވާހަކަ އަޑުއިވުނެވެ. އަދި ނިމުނީކީ ނޫނެވެ. މާބަނޑު އަންހެނުންނަށް ސިޒޭރިއަން ހަދަން އުޅުމުގެ ތެރޭގައި ކުދިންގެ ބޯ ކަފާލެވޭ ވާހަކައެވެ. އަދި ޓެސްޓްތަކެއް ރަނގަޅަށް ނުކުރެވި އޭޑްސް ބަލީގެ ޖަރާސީމު ހުރި ލޭ ވެސް މީގެ ކުރިންވަނީ މީހެއްގެ ގަޔަށް އެޅިފަ އެވެ. މި ވާހަކަތަކާއެކު މިފަދަ އެތައް ވާހަކަތަކެކެވެ.
ވަކިވަކިން ގުނަވަންތަކުން ދެވުނު އަނިޔާ މީ ވަސީލަތްތައް ނެތި، ފަރުވާދޭން ޖެހުމުގެ ސަބަބުން ލިބުނު އަނިޔާތަކެއް ކަމުގަ ބުނަމުންދާއިރު އިހުމާލުގެ ޒިންމާ ނަގާނީ ކޮންބައެއްތޯ އެވެ. ނަމަވެސް މިއަދުގެ ސަރުކާރުން މިކަމާއި ދަނީ ސީދާ ދެކޮޅު ހަދަމުންނެވެ. މި ސަރުކާރުގެ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު 2019 ވަނަ އަހަރު މަޖިލީހަށް ހާޒިރުކުރެއްވުމުން ވިދާޅުވީ، ކުރީގެ ސަރުކާރުން އެ ދާއިރާއަށް އިހުމާލުވެފައި އޮތް މިންވަރު ބޮޑުވުމަކީ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ.
މިނިސްޓަރު އަހުމަދު ނަސީމް ވެސް ވިދާޅުވަނީ ހަމަ މިދަފަ ގޮތަކަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 80%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: