ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚާރިޖީ ގުޅުން ބަދަހި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ދެމިތިބޭނަން: ޕީޕީއެމް/ޕީއެންސީ

ކޮޕް28 ސަމިޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ގައުމުތަކާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތައް ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދިއުމުގެ މަސައްކަތުގައި ދެމި ތިބޭނެ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީން މިހެން ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮޕް 28 ކޮންފަރަންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށް މަރުހަބާ ދަންނަވާ، އެމަނިކުފާނާއެކު ސާބިތުވެ ތިބޭނެކަން ހާމަކުރުމުގެ ގޮތުންނެވެ. ރައީސް މުއިއްޒު ކޮޕް 28 ކޮންފަރަންސްގައި ބައިވެރިވެވަޑައިގަތުމަށް ފުރަތަމަ ރަސްމީ ދަތުރު ކުރެއްވީ ތުރުކީ ވިލާތަށެވެ. އަދި ޔުނައިޓެޓް އެރެބި އެމިރޭޓްސް ދުބާއީއަށް ވަޑައިގެންފައެވެ.

ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ކުރެއްވި ރަސްމީ ފުރުތަމަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވި ކަމަށްޓަކައި އެމަނިކުފާނަށް މަރުޙަބާ ދަންނަވާ ކަމަށެވެ. ރައީސްގެ މި ދަތުރުގައި ތުރުކީ އަދި ތަފާތު އެކި ޤައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވާ އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރައްވާފައިވާ ކަމަށް ޕީޕީއެމް ޕީއެންސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ގައުމު ތަކުގެ މަޝްވަރާތަކުގެ ތެރޭގައި ދިވެހި ރައްޔިތުންނަަށް ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގެވުމުގައި އެޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދަވާފައިވާ ކަމަށް ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތާގައި އެދެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހީން ބޭނުންވާ ތަރައްޤީ ހޯއްދެވުމުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކާމިޔާބު މަސައްކަތްތަކެއް ކަމުގައި ވެގެން ދިއުން ކަމަށާއި، އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެ ކޯލިޝަންގެ އެންމެހާ މެންބަރުން އެމަނިކުފާނާ އެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަޤީންކަން ކަމަށެވެ.

ކޮޕް 28 ގެ މި ސަމިޓަކީ ޕެރިސް އެގްރީމެންޓާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް ކަމާއި ބެހޭ ހުރިހާ ފަރާތްތައް އެއްތަން ކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ. އެގޮތުން މި ސަމިޓްގައި ދުނިޔޭގެ 190 އަށްވުރެ ގިނަ ގައުމުތަކުން ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުން އަދި ވިޔަފާރިވެރިންނާއި، އާންމު ފަރާތްތަކުން ބައިވެރިވެއެވެ.

ނޮވެމްބަރު 30 އިން، ޑިސެމްބަރު 12 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ސަމިޓުގައި ރައީސް މުއިއްޒު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެމަނިކުފާނު ވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު މިހާރު ހުރީ 4 އިންސައްތައިގައި ކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ މަދުވެގެން 600 މިލިއަން ޑޮލަރު ހޯދުންކަމަށް ވިދާޅުވެފައެވެ. އަދި މިކަން ހާސިލު ކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގަތެވެ.

ދުނިޔޭގެ ޤައުމުތަކުގެ ވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ގައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ “ގްލޯބަލް ސްޓޮކްޓޭކް” އިން، ޕެރިސް އެއްބަސްވުމާއި އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭ ކަމަށާއި، އެއީ ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު ކަމުގައި ވިދާޅުވެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، އެ މަސައްކަތް ބިނާވާންޖެހޭނީ ޤައުމުތަކުގެ މެދުގައި ހަމަހަމަ، އަދި ލިބެންހުރި އެންމެ ރަނގަޅު ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ޤާއިމްވާން ޖެހޭ ކަމަށާއި، ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައްވެސް އަލުން މުރާޖަޢާކުރަން ޖެހޭކަން ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ، ‘ލޮސް އެންޑް ޑެމޭޖް ފަންޑު’ ބޭނުންކުރަން ފެށުމަށް،ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާފައެވެ. އެގޮތުން އެ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ، ދެޤައުމު ދޭދޭ ގުޅުންތައް ވަރުގަދަކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ދެބޭފުޅުން ވަނީ، އިޤްތިޞާދީ ދާއިރާއިން ގުޅުންބަދަހިކުރުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުން ހިމެނޭހެން، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ރައީސް އިންޑިއާގެ ބޮޑުވަޒީރު މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މިގޮތުން، ރައީސް ވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އިނގިރޭސިވިލާތުގެ ރަސްގެފާނާ ވެސް ހިއްސާކުރައްވާފައެވެ. އަދި، އިނގިރޭސިވިލާތުގެ ރަސްގެފާނު ވަނީ ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމަށް ކޮޕް 28 ގައި ގައުމީ ބަޔާން އިއްވަވަމުން، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގެވުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޢުދު ވެވަޑައިގެންފިއެވެ. ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. މިގޮތުން، ދިވެހިރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއްކަމަށާއި، އެތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިގްތިސާދަށާއި މުޅި ގައުމަށް ވެސް ލިބޭ އުނިކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ، ”ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް“ މޮޑެލްގައި މައިގަނޑު 11 ދާއިރާއެއް ހިމެނޭއިރު، މި މޮޑެލްއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރި ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް، އެފަދަ ގައުމުތަކަށް ހާސިލު ކުރެވޭނެ ފަދަ ލަނޑުދަނޑިތައް ހިމަނައިގެން ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލްއެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ޕްލޭންގައި އެންމެ އިސްކަމެއް ދެނީ ތިމާވެށީގެ ގޮތުން މުއްސަނދި ސަރަހައްދުތައް ހިމާޔަތްކޮށް، އިއާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އަވަހަށް ބަދަލުވެ، ނާޒުކު އިކޯސިސްޓަމްތައް ދެމެހެއްޓެނިވި މުޖުތަމައަކާ އެއްގޮތަށް ބިނާކުރުން ކަމަށް ރައީސް ފާހަގަ ކޮށްފަވެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: