ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހާއި ދޭތެރޭ އިތުބާރު އެބަ އޮތްތަ،!

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި މައްސަލަތައް ނިންމާ ރައްޔިތުންނަށް ފައިދާހުރި ގޮތަަށް ގޮތް ނިންމަން އޮންނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ޙިޔާނާތްތެރިވާ ބަޔަކު ތިިބި ތަނަކަށް ވެއްޖެނަމަ އެތަނަށް ރައްޔިތުންގެ އިތުބާރު ގެއްލެއެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އައްޔަން ކުރައްވާ ފަަރާތްތައް ރައްޔިތުން އެދޭ އެދުން ނުފުއްދާ ކަމުގައިވާނަމަ އެތަނަކީ ރައްޔިތުންނަށް އެއްވެސް ބޭނުން ހުރި ތަނެއްނޫންކަން ޔަގީނެވެ.

ކަން މިހެން އޮތް އިރު ވެރިކަމުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހަކީ ވަކި ބަޔަކު ބޭނުން ގޮތަށް ބޭނުން ކުރެވޭ ބާރެއް ކަމުގައިވާތަން ފެނިގެންދެއެވެ. މަޖިލީހުން ފެންނަނީ ވަކި ބަޔަކު ބޭނުންވީމައި މަޖިލީހަށް ގަދަފައި ވިއްދާ ބޭނުން ކޮންމެ ގޮތަކަށް އަމަލު ކުރާ ތަނެވެ. މިއީ މިއަދަކު އިއްޔެއަކުވީ ކަމެއްނޫނެވެ. މާޒީއަށް ޖެހިލާއިރުވެސް މަޖިލީހުން ފެނިފައިވަނީ މި ބުނާ ކަންތައްތައްކެވެ. މިކަން ހިނގާތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް މިއަދު ގައުމުގެ ހާލަތަށް ބަލާއިރު ގައުމުގެ މިސްރާބު ހުރީ އެހެން ދިމާއަކަށެވެ.

އާ ރައީސަކު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރުމުގެ މިސްރާބަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިތުބާރު ނެތް ކަމަށް ނިންމާ އެ ރައީސް މަގާމުން ދުރުކުރުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. ދެ ޕާޓީއެއްގެ ތެރޭގައި އޮތް މައްސަލަތަކެއް މަޖިލީސް ތަޅުމަށް ވައްދާ ރައްޔިތުންނާއި ގުޅުންހުރި ބިލްތައް ނިންމުމައްވުރެ އެ މެމްބަރުންނަށް މިއަދު މުހިންމީ ޕާޓީގެ ކޯޅުންތަކުން މަޖިލިސް ހަރާބު ކޮށްލުން ހެއްޔެވެ. މިހާރުވެސް މަޖިލީހުގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު ބިލްތަކެއް އެބަހުއްޓެވެ. ނަމަވެސް އެބިލްތަކާއި ދޭތެރޭ ވިސްނާ ތަނެއް ނުފެނެއެވެ. ހަމަހަގީގަތުގައިވެސް މަޖިލީސް ވަނީ ހުއްޓިފައެވެ.

މުހިންމު ބިލްތަކާއިއެކު އާ ރައީސް ހުވާ ކުރުން ވެސް ބޯމަތިވެފައިވާއިރު، އާ ރައީސް ހުވާ ކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ނުފެންނަ ކަހަލައެވެ. ބޭނުންވީމައި ބޭނުން ގޮތަކަށް ކަންކުރުމަކީ ތަބީއަތުގައި ހިފާފައިވާ އަދާއެއް ކަހަލައެވެ. ގާނޫނުގައި ވަކި ވަކިން މާއްދާތަކާއި އުސޫލުތައް ލިޔެފައިވީ ނަމަވެސް އެއީ ނުވާނެ ކަމެއްކަމަށް ނިންމާ ކޮޅުގައި ހިފާ ދަމަނީއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސްޕްރީމް ކޯޓާއި ހަމަޔަށް ގޮސް އެކަންވެސް ނިންމައިފިއެވެ. ކަންވާ ގޮތާއި ކަން ހިނގާގޮތް ރައްޔިތުން ތިބީ ބަލާށެވެ. ނަމަވެސް ބުނާ ކަހަލައެވެ. ތިމަންނާމެން ބޭނުންވީމައި ބޭނުންގޮތެއް ހަދާލެވޭނެއެވެ.

ނަމަވެސް ރައްޔިތުންގެ ބަހަކީ އެއީއެއްނޫނެވެ. ކޮފީ މޭޒަކުން ދިމާވި ރަހުމަތްތެރިންތަކެއް ބުންޏެވެ. ހަމަ ހިލާ އަހަރުމެން ބޭނުން ގޮތަަށް ނޫން ގޮތަކަށް މަޖިލީސް ހިންގައިގެން ނުވާނެއެވެ. އެއީ އަހަރުމެން އައްޔަން ކުރާ މަންދޫބުންނެވެ. މިތިބީ ދުރުގައި ބަލަން ކަމަށެވެ. ކަންހިނގާ ގޮތާއި ކަންވާ ގޮތާއި ކަން ކުރާ ގޮތް ނިކަން ގާތުން ފެންނަކަމަށެވެ. އަންނަ 20 ވަނަ ރައްޔިތުން މަޖިލީސް ވެސް އޮތީ ދާދި ގާތުގައި ކަމަށެވެ. އެހެންކަމުން މިއަދު އެ ޖައްސާ ހުތުރު ވައްތަރު ބަދަލު ކުރާނެ ބަޔަކީވެސް ހަމަ ތިމަންނާމެން ކަމަށެވެ.

ދުންމާރިން އަޑުލައްވާ މަޖިލީހަކަށް ތާ އަބަދަު މަޖިލީސް ހިސޯރު ކޮށްފައި ނުބޭއްވޭނެ ކަމަށެވެ. މިއަހަރު ފެށުނު ފަހުންވެސް މަޖިލީިހުގެ ކޯޅުންތަކުން ހުއްޓި ކުރިއަށް ހިނގައި ނުގަތް އޮތް މަޖިލީހުގެ ތަޅުމުން ފެނިގެންދަނީ ރައްޔިތުން އެދޭނެ އެދުމެއްނޫނެވެ. ބޭނުންވި ގޮތެއްނޫނެވެ. ކަން މިހެން އޮތް އިރު، ދުވަހެއް ދުވަހަކަށް ޖަޕާނު މަހެއް ދަރިން ވިހާހެން މަޖީލިހަށް ގޮނޑިތައް އިތުރުވެއެވެ.

87 ގޮނޑިން އަންނަ މަޖިލީހަށް ވަނީ 93 ގޮނޑި އިތުވާ ގޮތް ކަނޑައަޅާފައެވެ.

މެމްބަރުންނަށް މުސާރަ އާއި އެލަވަންސްތަކާއެކު މަހަކު ގާތްގަނޑަކަށް ކޮންމެ މެމްބަރަކަށް 80،000ރ. ލިބެ އެވެ. އާ ދާއިރާތަކާއެކު މެމްބަރުންގެ މުސާރައަށް މަހަކު 7.4 މިލިއަނަށް ވުރެ ރުފިޔާ ހަރަދުވާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: