ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނިގެންދަނީ ވަކި ކުރެވިފައިވާ ތިންބާރުގެ ނިޒާމު ފުނޑާލަން އަސްލަމް އުޅޭ މަންޒަރު: ސަލީމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނިގެން މިދަނީ ތިންބާރުވަކިވެފައިވާ ނިޒާމެއްގައި މުޅި ނިޒާމު ފުނޑާލުމަށްޓަކައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދާ މަންޒަރުކަަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރިޔާސަތުން ހުށަހެޅި މައްސަލައިގެ ބަހުސަށް ހުޅުވާލުމުން ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނުއަސާސީގެ ބޭރުން ނުވަތަ ގާނޫނުއަސާސީގެ މަތީގައި އޮތްތަނެއް ނޫންކަމަށެވެ. ގާނޫނުއަސާސީއަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެ ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް އޮތް ނަމަވެސް މަޖިލީހާއި، މަޖިލީހުގެ މެންބަރުންނާއި އަދި މަޖިލީހުގެ ރައީސަަކަށް ވެސް ގާނޫނުއަސާސީއަށްވުރެ މަތި ނުވޭނެކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ޖުޑިޝަރީގެ މައްޗަށް ބާރު ފޯރުވުމާއި ސަރުކާރު ހިންގާ ބާރުގެ މައްޗަށް މަޖިލީހުން ނުފޫޒުފޯރުވުމަކީ ޑޮމޮކްރެސީގެ މަގްސަދު ނޫންކަމަށެވެ. އަދި ރައްޔިތުން މަޖިލީހަށް ބާރުތަށް ދިނީވެސް އެފަދަ ގޮތަަކަށް އަމަލުކުރަން ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ.

މަޖިލީހަށް އައީ ރައްޔިތުން ހޮވާ ސަރުކާރުގެ ވިސްނުން ބަހައްޓައިގެން އެދުވަސް ދުއްވާލައި، ވޯޓު ހަމަ ކުރުމަށް މަޖިލީހުގެ ބޮޑެތި ގަވައިދުތަކަށް ބަދަލުތަށް ގެނެސްގެން ގާނޫނުއަސާސީ އާއި ހިލާފުވާން ވެސް ނޫން

އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން އުޅެނީ 5 އަހަރުގެ ވެރިކަމަކަށް ފަހު އަލުން ވެރިކަން ނުލިބުމުން އެކަމުގެ ހިތްދަތިކަމުގައި ކަަމަށް ސަލީމް ސިފަކުރެއްވިއެވެ. މީގެ ކުރިން ސުޕްރީމް ކޯޓާއި އެހެން ހުރިހާ ކޯޓުތަކެއްވެސް ރަނގަޅު ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އައްޔަނުކުރީ ގައުމުގެ މަސްލަހަތަށްޓަކައި މަސައްކަތް ކުރަން ކަމަށެވެ.

ނިމިގެން މިދާ މަޖިލީހުން ފެންނަނީ ސަލީމް ވިދާޅުވި ގޮތުގައި އަމިއްލަ އެދުމުން ފޯވެފައި ތިބެގެން މަސައްކަތް ކުރާ މެމްބަރުންނެވެ. އަދި ސަރުކާރު ވައްޓާލާކަށް ނުވަތަ ޖުޑީޝަރީ ފުނޑާލާކަށް ފުރުސަތެއް ނުދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ބެލުމުގައި ބަލާނީ 87 ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި މިއަދު މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ހުންނެވި އަސްލަމް އެދިވަޑައިގަތީ މެމްބަރުން އެކަމާ މެދު ގޮތެއް ނިންމުމަށެވެ. ކޯރަމް ބެލުމުގައި ބަލާ ޖުމްލަ އަދަދަށް އިސްލާހު ގެނެސްފައި ވަނީ އައު ސަރުކާރާ ގުޅުމަށް ހަތް މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ.

އަސްލަމްގެ ހުށަހެޅުމާއި އެއްގޮތަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރީ ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: