ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

8 ގައުމަކަށް ސަފީރުން އައްޔަނު ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

8 ގައުމަކަށް ސަފީރުން އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އަށް ގައުމަކަށް އައްޔަނުކުރައްވާފައިވާ ސަފީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަފީރުކަން ކުރައްވަން ކޮމިޓީން ރުހުން ލިބުނު އަށް ބޭފުޅުންނަކީ:

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ): މުހައްމަދު ހުސެއިން ޝަރީފް (މުންދު)

އިނގިރޭސި ވިލާތް: އިރުތިޝާމް އާދަމް

އދ. ގައި ހުންނަވާ ދާއިމީ މަންދޫބު: އަލީ ނަސީރު މުހައްމަދު (އަލިނީ)

ސްރީލަންކާ: މަސްއޫދު އިމާދު

މެލޭޝިއާ: މަރިޔަމް ޝަބީނާ އަހުމަދު

ބެލްޖިއަމް އާއި އީޔޫ: ގީލާ އަލީ

ސިންގަޕޫރަށް: މުހައްމަދު ލުވައިޒް

ޖެނީވާ: ޑރ. ސަލްމާ ރަޝީދް

ޔޫއޭއީގެ ސަފީރުުކަމަށް އައްޔަން ކުރަން ނިންމަވާފައިވާ މުހައްމަދު ހުސެއިން ޝަރީފް ވަނީ މީގެކުރިން ޖަޕާންގެ ސަފީރުކަން ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޝަރީފް ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރައްވައިފައެވެ. އިރުތިޝާމް އާދަމަކީ ކުރީގެ ޔޫތު މިނިސްޓަރެވެ. މަސްއޫދަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ޕްރެސް ސެކެޓްރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި ގީލާއަކީ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޑރ. ސަލްމާއަކީ ނިމުނު މަޖިލިސް އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަސްމާ ރަޝީދުގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ.ލުވެއިޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމުގެ އިތުރުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: