ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެންބަރުންގެ އިމްތިޔާޒުތަކަށް އަރައިނުގަތުމަށް އަސްލަމް އިލްތިމާސް ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ މެމްބަރުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ނުދެއްކުމަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުއާއިއެކު މ ދިއްގަރަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އާދަމް ޝަރީފްވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ޖެއްސުންކުރުމުގެ ގޮތުން އަމަލުތައް ހިންގަމުންދާ މައްސަލައިގައި ނުރުހުން ފާޅުކުރައްވާފައެވެ. އަދި އެފަދަ ހާލަތެއްގައި “ދަތްދޮޅި ދުއްވާ” ނުލައްވާ ހުރެވިދާނެކަމާއިމެދު ސުވާލު އުފެދޭކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައިގައި ގިނަ އަދަދެއްގެ މީހުންވަނީ އާދަމް ޝަރީފް އަށް ފާޑުކިޔާފައެވެ. މިމައްސަލައާއި ގުޅިގެން މަޖިލީހުންވަނީ ބަޔާނެއްނެރެ އާދަމް ޝަރީފް ވިދާޅުވެފައިވާ ވާޙަކަ ކުއްވެރިކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތަކަށް ވީހިނދު ސަރުކާރުގެ ވަޒީރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޖިސްމާނީ އާނިޔާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދެއްކެވުމަކީ މަޖިލީހުގެ ރައީސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިންޒާރުތައް ދެމުންދާ މި ދަނޑިވަޅުގައި ރައީސްގެ ކުރިފުޅުމަތީ ވަޒީރަކު އެގޮތަށް ވާހަކަދެއްކެވުމުން އެކަން މަޖިލީހުގެ ރައީސް ހަރުކަށި އިބާރަތުން ކުށްވެރި ކުރާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވެސް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: