ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން އޮތީ ރައްޔިތުން ކުރި އިތުބާރުގެ މައްޗަށް ތަރައްގީ ގެނައުން: ރައީސް

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދެން އޮތީ ރައްޔިތުން ކުރި އިތުބާރާއި ދިން ތާއީދުގެ މައްޗަށް ނިމިދިޔަ ފަސްމަހުގެ ތެރޭގައި ކުރެވުނު މަސައްކަތަށްވުރެ އެތައްގުނައަކުން ސްޕީޑު އަވަސްކޮށް ރައްޔިތުން ބޭނުންވި ތަރައްގީ ގެނައުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަރުހަބާ – ދިވެހީންގެ ރާއްޖެ މަޖިލީހަށް ނަމުގައި ޕީއެންސީން ބޭއްވި އުފާ ފާޅުކުރުމުގެ ޖަލްސާގައި ރައީސް ވިދާޅުވީ މި ގައުމުގެ ކުރިމަގު ވަރަށް އުޖާލާކަން މިއަދު ޔަގީންކުރެވިފައިވާކަމަށެވެ. ރައީސް ވިދާޅުވީ ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު ހެޔޮ މިސްރާބަށް ދިވެހިރައްޔިތުންގެ ބުރަ މަސައްކަތުން މިދިޔަ ރިޔާސީ އިންތިހާބުގައި ގެނެސްފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސައްކަތް ބޭކާރުވިޔަ ނުދިނުމަށްޓަކައި އަނެއްކާވެސް އެހާމެ ބުރަ މަސައްކަތެއް ރައްޔިތުންކޮށްދީފައިވާ ކަމަށާއި ސާބިތުކޮށްދެއްވީ ރައްޔިތުން ބޭނުންވަނީ މި ގައުމު މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ކުރިއަށްދާ އިސްލާމީ ޝިޔާރު މަތިވެރިކުރާ ގައުމެއް ގޮތުގައި އޮތުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިވަންކަން ޔަގީންވެފައި އޮތުމަށާއި އަދި ރައްޔިތުން އެދޭ ތަރައްގީ ބާރު ދުވެލީގައި ހޯދުމަށާއި މި ގައުމުގައި ދެން އޮންނަންވާނީ ހަމަޖެހުމާއި ހިންހަމަޖެހުންކަން ދިވެހިރައްޔިތުން ސާބިތުކޮށްދީފި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެން އޮތީ މަސައްކަތް ކުރުން ކަމަށާއި، އެ މަސައްކަތުގެ ދުވެލި އަވަސްކުރުން ކަމަށެވެ. ވޭތުވެދިޔަ ފަސްމަހުގެ ތެރޭގައި ވަރަށް ދަތި އުދަނގުލުގެ ތެރޭގައި ކޮންމެސް ވަރަކަށް ސަރުކާރަށް ކަންކަން ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމު ތަރައްގީ ވާން. އަޅުގަނޑުގެ ކެބިނެޓުގެ ވަޒީރުންނަށާއި ކުންފުނިތަކުގެ ވެރިންނަށާއި އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ދަންނަވާލަން ބޭނުންވަނީ ވޭތުވެދިޔަ ފަސް މަސް އެއީ އެއްވެސް އެއްޗެއް ނޫނޭ. ތިބޭފުޅުން ދެން އުޅުއްވަންޖެހޭނީ 24 ގަޑއިރު ހޭލައޭ. ހަމަ ސީރިއަސްކޮށް މިދަންނަވަނީ، އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ތަރައްގީ ރައްޔިތުން ބޭނުންވި ގޮތަށް ގެނެސްދޭން. ރައްޔިތުން އެކަމަށް އިތުބާރު ކުރެއްވީތީ އަދިވެސް ޝުކުރު ދަންނަވަން”

ގެދޮރުވެރިކަމުގެ ހިތި މާޒީ ތާއަބަަދަށް މާޒީއަށް ދޫކޮށްލުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ތާއަބަދަށް ހައްލުކޮށްދިނުމުގެ ވައުދު މިގައުމުގައި ފުއްދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އދ ކުނބުރުދޫ ބިންހިކުން އަވަސް ވާނެ ކަމަމް ހީކުރަން ކުރިޔަ އޮތާގަ ތަރަށްގީ މިރަށްށަ ގިނަގުނަ ތަރަށްގީ ފެނިގެން ދާނެކަމަމް ރަށްޔަތުން އުމީދު ކުރަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: