ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބުގައި ސަރުކާރުން އުންމީދު ކުރި ވަރަށް ވުރެވެސް ފުރިހަމަ ކާމިޔާބީއެއް!

ދިވެހީންގެ ރާއްޖެ މަޖިލީހަށް ކެމްޕޭން ނިންމާލުން --- ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ މައިޕާޓީ ޕީއެންސީއަށް 70 އަށް ވުރެ ގިނަ ގޮނޑި ލިބުމާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގައިފިއެވެ.

20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް 369 ކެންޑިޑޭޓުން ވާދަކުރިއިރު މިއީ މިހާތަނަށް ބޭއްވުނު އެންމެ ގިނަ ދާއިރާ ހިމެނޭ މަޖިލިސް އިންތިހާބެވެ. މި އިންތިހާބުގައި ސަރުކާރުގެ ފަރާތުން ގާތް ގަނޑަކަށް ހުރިހާ ދާއިރާއަކަށް ވާދާކޮށްފައި ވާއިރު ސަރުކާރުގެ އަމާޒަކަށްވީ މަޖިލީހުގެ ތިންބައި ކުޅަ ދެބައި ހޯދުމެވެ. އެއާއި އެއްގޮތަށް އިދިކޮޅު އެމްޑީޕީ ވެސް ބޭނުން ވީ “ސަރުކާރު ޖަވާބުދާރީ ކުރުވުމަށް” އަޣުލަބިއްޔަތު ހޯދުމަށެވެ.

ސަރުކާރުން މަޖިލިސް އިންތިހާބުގައިވެސް ބުނަމުން އައި ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމުގައާއި އަދި ދާއިރާތަަކަށް ގެނަންޖެހޭ ތަރައްގީ ގެނައުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދެއްވުމަށެވެ. އަދި މި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ކެމްޕެއިން ޖަލްސާތަކުގައި ވިދާޅުވީ މި ސަރުކާރަކީ ނަތީޖާނެރެ ދެއްކުމަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި ކެބިނެޓުގެ ވަޒީރުންނާއި އަދި އެހެން ސަރުކާރުގެ ބޭފުޅުންވެސް އެއްވެސް ވަގުތެއް ބޭކާރު ނުކޮށް މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިގެން އައީ 67 ގޮނޑީގެ ސުޕަ މެޖޯރިޓީއާއި އެކު އެވެ. އެއީ 87 ދާއިރާއަށް ވާދަކުރައްވާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު ފުރަތަމަ ފަހަރެވެ. 19 ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ފާހަގަކޮށްލެވޭ ގިނަ ދުވަހު ދާއިރާގެ ގޮނޑި ދިފާއުކުރައްވަމުން އައި މެންބަރުންނަށްވެސް 20 ވަނަ މަޖިލީހުގައި ގޮނޑި ދިފާއުނުކުރެވި ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އޭގެތެރޭގައި ފާޙަގަކޮށްލެވޭ ދާއިރާތަކަށް ބަލާއިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން ފަދަ މެންބަރުން ހިމެއެވެ.

ވޯޓު ލުމަށްފަހު އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ހުރިހާ ބޮޑެތި އާބާދީތައް ހިމެނޭ ސިޓީތަކާއި އަދި ކުދި ބޮޑު ހުރިހާ ރަށަކުން އެމްޑީޕީއަށް ފުރިހަމަ އަގުލަބިއްޔަތެއް ލިބޭނެ ކަމަށެވެ. އެމްޑީޕީއަށް ލިބުނު ނާކާމިޔާބީ އާއި ގުޅިގެން އެޕާޓީއިން ބަޔާނެއް ނެރެފައިވާއިރު އެބަޔާނުގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ދިވެހިރާއްޖޭގެ ތަރައްގީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރާ މަޖިލީހަކަށް ހަދާނެކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ބުނީ އެ ޕާޓީން އެދެނީ 20 ވަނަ މަޖިލީހަކީ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ދިވެހިރާއްޖޭގެ ތަރައްގީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރާ މަޖިލީހަކަށް ވުންކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެންމެ ބޮޑު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށްވާއިރު އިންތިހާބުގެ ގޮނޑި ލިބުނު ހުރިހާ މެމްބަރުން ވެސް އެ މަސްއޫލިއްޔަތު އަދާކުރާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބުގެ 7 އިންސައްތަ ހޯދި ޕާޓީއަށް އެއްވެސް ގޮނޑިއެއް ލިބިފައި ނުވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނުރުހުންވެ ޔާމީން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ތާއީދުގައި 40 އެއްހާ ކެންޑިޑޭޓުން މަޖިލީހަށް ވާދަކުރި އެވެ. އެހެންނަމަވެސް ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ވާދަވެރި ނަތީޖާއެއް ނުދެއްކި ޖެހުނީ ނާކާމިޔާބީއާއި ކުރިމަތިލާށެވެ.

މި އިންތިހާބުގައި ރައީސް ޔާމީން ޖެއްސެވި ހިސާބަކީ، ސަރުކާރަށް އެކަށީގެންވާ އަދަދަށް ގޮނޑި ލިބޭނެކަމަށެވެ. އެކަމަކު އޭގެ ކުރިން އެމަނިކުފާނު ވިދާޅުވެފައި ވަނީ، ރަައީސް މުއިއްޒަށް މި އިންތިހާބުގައި ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށެވެ. ރައީސް ޔާމިންގެ ބޮޑެތި ހިތްހަމަނުޖެހުން ހުރިއިރު، ވޯޓަށް ފަހު ވެސް މީޑިއާތަކާއި ބައްދަލު ކުރައްވައި ރައީސް ޔާމީން ވަރަށް ބޮޑެތި ފާޑުކިއުން ސަރުކާރަށް އަމާޒު ކުރި އެވެ. އަދި ތަފާތު އެކި ތުހުމަތުތައް ކުރައްވައި ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.

39 ދައިރާއަކަށް ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ވާދަކުރެއްވި އިރު، އޭގެ ތެރޭގައި މިހާރު ވެސް ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވާ ހަތް މެމްބަރުން ހިމެނެ އެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ އިތުރު ދައުރަކަށް އީވާ އަބްދުﷲ، ހެންވޭރު ހުޅަނގު ދާއިރާއަށް ހަސަން ލަތީފް، ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރުމަށް ހުސެއިން ފިރުޝާން، މާފަންނު އުތުރު ދައިރާއަށް އިމްތިޔާޒް ފަހުމީ ހިމެނެ އެވެ. އީވާއާއި، އިންތިއަށް ދާއިރާގެ ގޮނޑި ގެއްލުނީ 15 އަހަރަށް ފަހު އެވެ.

މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށްޓަކައި މަރުޙަބާ – ދިވެހީންގެ ރާއްޖެ މަޖިލީހަށް ނަމުގައި މިރޭ 08:30 ގައި އާޓިފިޝަލް ބީޗުގައި ހާއްސަހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: