ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބުގެ ތައްޔާރީތަކަށް އޮބްޒާވަރުންގެ ތައުރީފު!

އިލެކްޝަން ކޮމިޝން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް : އަހްމަދް މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ވެފައިވާ ތައްޔާރީތަކާއި، އިންތިހާބު ރާވައި ކުރިއަށް ގެންދިޔަ ގޮތަށް އިންތިހާބު އޮބްޒާވްކުރި ބޭރުގެ އޮބްޒާވަރުން ތައުރީފު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް 369 ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 284663 މީހުންނަށެވެ. އިންތިހާބުގެ ކަންކަން ހިނގައި ދިޔަގޮތް ހިއްސާކުރުމަށް އޮބްޒާވަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ވޯޓުލުމަށް ބޭނުންކުރާ ބޫތު ބަހައްޓާފައި ހުންނަ ގޮތަށް ތައުރީފު ކުރައްވާފައިވާއިރު އެއީ ދެފުށްފެންނަ ގޮތަށް ވޯޓު ލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވާ ގޮތް ކަމުގައި ވަނީ ބުނެފައެވެ.

އޮބްޒާވަރުން ވިދާޅުވީ ބޭރުގެ ގައުމުތަކުގައި ވޯޓުލާ މީހުންނަށް ކޮމިޝަނުން ހަމަޖެއްސި އިންތިޒާމު ކުރިއަށް އޮތް ތާނުގައިވެސް ތަކުރާރުކުރުމަށާއި އެއީ އެބޭފުޅުންގެ ގައުމުގައިވެސް ބޭނުންކުރަން ބޭނުންވާ އިންތިޒާމުތައް ކަމަށެވެ. އަދި އީސީގެ ފުރިހަމަ ތައްޔާރީ ތަކުގެ ސަބަބުން ވޯޓާސް ޓާންއައުޓް ވެސް ރަނގަޅު ކަމަށާއި އެކަށީގެންވާ ވަރަށް މީހުން ވޯޓުގައި ބައިވެރިވި ކަމަށެވެ.

އީސީ އިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތަކީ އެހެން ގައުމުތަކަށްވެސް ނަމޫނާއެއް ކަމަށާއި ކޮންމެ ގައުމަކުން މިފަދަގޮތަކަށް އިންތިހާބުތައް ގެންދިއުމުން ވޯޓުގެ ކަންކަން ދެފުށްފެންނަ ގޮތަކަށް ކުރެވިގެންދާނެ ކަމަށްވެސް އިބްޒާވަރުން ވަނީ ވިދާޅުވެފައެވެ.

މަޖިލިސް އިންތިހާބުގައި ރާއްޖެއާއި ބޭރުގެ އޮބްޒަރވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 6000 އަށްވުރެ ގިނަ މީހުން ވަނީ ހަރަކާތްތެރިވެފައެވެ. މީގެ ތެރޭގައި 2495 އޮބްޒާވަރުންނާއި 4614 މޮނިޓަރުންނާއި 1816 މަންދޫބުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: