ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނު 10 ކެންޑިޑޭޓުންނަކީ ޕީއެންސީގެ ކެންޑިޑޭޓުން!

ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނު ދިހަ ކެންޑިޑޭޓުންނަކީ ޕީއެންސީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓުންނެވެ.

އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދި ކެންޑިޑޭޓަކީ ބާރަށާއި އެ އަތޮޅުގެ ރައްޔިތުންނާއި ވެސް ގާތް ގުޅުމެއް އޮންނަ އިބްރާހިމް ޝުޖާއުއެވެ. މި އިންތިހާބުގައި ވޯޓުލީ ރައްޔިތުންގެ 2442 ވޯޓާއި އެކު 83 އިންސައްތަ ޝުޖާއުއަށް ވަނީ ލިބިފައެވެ.

މީގެއިތުރުން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓުންގެ ތެރޭގައި:

ގަމު ދާއިރާ ޔޫސުފް ނަޝީދު: 1848 ވޯޓު

ފުވައްމުލަކު އުތުރު ދާއިރާ ހަމަދު އަބްދުﷲ: 1738 ވޯޓު

މަޑުއްވަރީ ދާއިރާ އަހުމަދު ޒާހިރު: 1735 ވޯޓު

ހުޅުމާލެ މެދު ދާއިރާ އަބްދުﷲ ޝަޒީމް: 1735 ވޯޓު

ހިތަދޫ މެދު ދާއިރާ އަހުމަދު އަޒާން މަރްޒޫގް: 1720 ވޯޓު

ފުނަދޫ ދާއިރާ މުހައްމަދު މަމްދޫހު: 1698 ވޯޓު

ފޮނަދޫ ދާއިރާ: އަބްދުއްރަހީމް އަބްދުﷲ: 1649 ވޯޓު

ހޯރަފުށީ ދާއިރާ އަލީ މޫސާ: 1602 ވޯޓު

އިންގުރައިދޫ ދާއިރާ އިބްރާހިމް ފަލާހް: 1582 ވޯޓު

މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ވަނީ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 70 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައެވެ. ސަރުކާރުން މަޖިލީހުގެ ތިންބައި ކުޅަ ދެބައި ހޯދުމަށް އަމާޒު ކުރި ނަމަވެސް އިންތިހާބު ކާޟިޔާބު ކުރީ މަޖިލީޙުގެ ހަތަރުބައި ކުޅަ ތިންބައި ހޯދައިގެނެނެވެ.

އިދިކޮޅު މައި ޕާޓީ އެމްޑީޕީން ފުރިހަމަ އަގުލަބިއްޔަތެއް ހޯދުމަށް އަމާޒު ކުރި ނަމަވެސް އެ ޕާޓީއަށް އިންތިހާބުގައި ލިބުނީ 14 ގޮނޑިއެވެ. އަދި މަޖިިލީހުގައި ގިނަ ދުވަސް ވަންދެން ގޮނޑި ދިފާއު ކުރަމުން އައި އެމްޑީޕީގެ މެންބަރުން ގެތެރެއިން ޖީހާން، އަސްލަމް އަދި މުހައްމަދު ރަޝީދު ހުސެއިން ފަދަ ބޭފުޅުންނަށް ގޮނޑި ވަނީ ދިފާއު ނުކުރެވި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ.

މީގެއިތުރުން ރައީސް ޔާމީންގެ ތާއިދާއި އެކު ނުކުތް އެއްވެސް ބޭފުޅަކަށް ގޮނޑި ލިބިފައި ނުވާއިރު ރިޔާސީ އިންތިހާބުގައި 7 އިންސައްތަ އާއި އެކު ތިންވަނާގައި އޮތް ޑިމޮކްރެޓްއަށްވެސް އިންތިހާބުގައި ގޮނޑި ލިބިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: