ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ދައްކަމުން ދަނީ އެނގުމާއި ނޭނގުމުގެ ތަފާތު: ޔަޒްމީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކަމުން ގެންދަނީ އެނގުމާއި ނޭންގުމުގެ ތަފާތު ކަމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާއަށް ވާދާކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޔަޒްމީދު އަހުމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ޔަޒްމީދު ވިދާޅުވީ މަޖިލީހަށް ކުރިމަތިލާން ޖެހޭނީ ކަމަށް ގާބިލް ކުޅަދާން ޒުވާނުންކަމަށެވެ. ނިމިދިޔަ ފަސް އަހަރު ފެނިގެން ދިޔައީ ގައުމު ބަނގުރޫޓު ވެގެން ދިޔަ މަންޒަރު ކަމަށާއި ގައުމު އަޅުވެތި ވި މަންޒަރު ކަމަށާއި އަދި ގައުމުގެ ހަޒާނާ އެއްކޮށްހުސްވެގެން ދިޔަތަން ކަމަށެވެ. އެކަން ކޮށްފައިވަނީ އެއްވެސް ކަހަލަ ސިސްޓެމެޓިކް ޕްލޭނެއް ނެތި ކަމަށް ޔަޒްމީދް ވިދާޅުވިއެއެވެ.

ޔަޒްމީދު ވިދާޅުވީ އޭރު ގައުމު އޮތީ ބަނގުރޫޓު ވާން ދޫކޮށްލާފައިކަމަށާއި އެއީ އެނގުމާއި ނޭންގުމުގެ ތަފާތު ކަމަށެވެ. އޭނާ ވިދާޅުވީ ކިޔަވައިގެން ހުރި އިނގޭ ތައުލީމީ ގާބިލް ވެރިއެއް ވެރިކަމުގައި ހުރިނަމަ ގައުމު އަޅުވެތިކަމަށްދާންދެން ނުވަތަ ބަނގުރޫޓުވާންދެން ބަލަންހުންނަން ކެރޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އެހެންނަމަވެސް މިހާރުގެ ރައީސް އަކީ ވިސްނުންފުޅުތޫނު، ވަރަށް ތައުލީމީ ވިޝަނަރީ ބޭފުޅެއް ކަމަށް ޔަޒްމީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ޓީމަކީ ވެސް އެހާމެ ގާބިލް ޓީމެއްކަމަށާއި މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ގައުމަށް އައި ބަދަލުތައް ފެނިގެންދާކަމަށް އޭނާ ވިދާޅުވިއެވެ. ޔަޒްމީދު ވިދާޅުވީ ގައުމުގެ އިގްތިސާދު ބޮޑުތަނުން ކުރިއަރައިފައިވާކަމަށެވެ. މިހާރު ފެނިގެން އެދަނީ އެންގުމާއި ނޭންގުމުގެ ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގައި ވެސް ތިއްބަވަން ޖެހޭނީ ތައުލީމީ ގާބިލް ތަޖުރިބާވެސް ހުރި ބޭފުޅުން ކަމަށް ޔަޒްމީދު ވިދާޅުވިއެވެ. ޔަޒްމީދު ވިދާޅުވީ މިހާރު ވިލިނގިލި ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ތައުލީމީ އަދި ގާބިލް ބޭފުޅަކީ އޭނާ ކަމަށެވެ.

“އަޅުގަނޑަކީ އެކައުންޓިން ދާއުރާއިން ފަސްޓް ކްލާސް އޮނާރސް ޑިގްރީއެއް ހާސިލްކޮށްފައި ހުރި މީހެއް.. އަދި އޭގެ އިތުރުން ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް.. އަދި އޭގެ އިތުރުން ޗާޓެޑް އެކައުންޓެންޓެއްވެސްމެ.. އަދި ޕްރޮފެޝަނަލް އޮޑިޓަރެއް”

ޔަޒްމީދު ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރާއިރު ހަމައެކަނި ވަކާލާތު ކުރަން ޖެހޭނީ ތަޅުމުގައި ނޫން ކަމަށާއި ކޮމިޓީތަކުގައި ވެސް ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އޭގެތެރެއިން މާލިޔަތު ކޮމިޓީއާއި ބަޖެޓު ކޮމިޓީއާއި. އިގްތިސާދު ކޮމިޓީ ފަދަ ކޮމިޓީތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ކޮމީޓީތަކުގައި ފަންނީ މީހުން ތިބެން ޖެހޭ ކަމަށް ވިދާޅުވިއެވެ. ޔަޒްމީދު ވިދާޅުވީ ފަންނީ މަސައްކަތެއް ކުރެވޭނީ އިލްމީ ދިޜާސާ ކުރެވޭނެ ބަޔަކު ތިބެގެން ކަމަށެވެ.

އެހެންކަމުން ޔަޒްމީދު ވިދާޅުވީ އޭނާއަކީ މާލިޔަތުގެ ދާއިރާ ރަނގަޅަ ދަންނަ ބޭފުޅެއް ކަމަށާއި އެފަދަ ކޮމިޓީތައް ހިންގޭނެ ކަމުގެ ފިރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: