ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެންއޮތީ ސިޔާސީ ޕާޓީތަކުން އެކުވެ ގައުމު ކުރިއަށް ގެންދަން މަސައްކަތްކުރުން: ރައީސް

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއިއެކު ވާދަވެރިކަން ނިމިއްޖެ ކަމަށާއި ދެންއޮތީ ސިޔާސީ ޕާޓީތަކުން އެކުވެރިވެ ގައުމު ކުރިއަށް ގެންދަން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ރައީސުލްސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަރުހަބާ – ދިވެހީންގެ ރާއްޖެ މަޖިލީހަށް ނަމުގައި ޕީއެންސީން ބޭއްވި އުފާ ފާޅުކުރުމުގެ ޖަލްސާގައި ރައީސް ވިދާޅުވީ ގައުމުގެ ހަލާކުވަމުން ނެތެމުންދިޔަ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް މި ފަސްމަހު ކުރެވުނު މަސައްކަތް ވަރަށް ގިނަ ނަމަވެސް ދެން އޮތީ ރައްޔިތުންގެ މަޖިލިސް ތެރެއިން ސަރުކަރަށް އެކަމަށް ބޭނުންވާ ހުރިހާ މަގެއް ކޮށާ ފުރިހަމަކުރުމާއެކީގައި ރައްޔިތުންނަށް މުއްސަނދިކަން އިހުސާސްކޮށްދިނުމަށްޓަކައި ކުރާ ބުރަ މަސައްކަތް ކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ ތިއްބެވީ އިހުލާސްތެރިކަމާއެކު ސީރިއަސް މަސައްކަތެއް ކުރުމަށް ކަމަށެވެ.

“އަޅުގަނޑު ހަގީގަތުގައި ބޭނުމެއްނޫން ގިނަ ވާޙަކަތަކެއް ދައްކާކަށް، އެއީ ރައްޔިތުން ހަގީގަތުގައި އެކައްޗެއް ކިޔާ މުޅި ގައުމު އެކައްޗެއް ކިޔާލީމި. ދެން މެސެޖަކީ ތިމަންނަމެން ބޭނުންވަނީ ވާޙަކަދެއްކުމެއް ނޫނޭ އަމަލުން ކަން ކުރާށޭ. ދެން ފެންނާނީ އަމަލުން ކަންކުރާތަން”

ރައީސް ވިދާޅުވީ ދެން ފެނިގެންދާނީ މިގައުމުގެ ރައްޔިތުން ފަހުރުވެރިވާފަދަ އަދި ދަރިންނާއި ކުރިއަށް އޮތް ޖީލުވެސް އުފާވާފަދަ މަސައްކަތްތަކެއް ކަމަށެވެ. 20 ވަނަ މަޖިލީހާއި އަދި ސަރުކާރުގެ މުޅި ޓީމުވެސް ނުނިދާ ތިއްބަވާނީ މަސައްކަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެޓީމު ރައްޔިތުން އެދޭ ގިޔަރުގައި އެމަތީ ސްޕީޑުގައި މަސައްކަތްކުރުމުގައި ދެމިތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ސަރުކާރުން މި ގައުމުގައި ހަގީގީ މާނައިގައި ހަމަޖެހުން ގާއިމުކޮށްދެއްވާނެ ކަމަށާއި، އަދި ރައްޔިތުން އެދޭ ތަރައްގީ ގެނެސްދިނުމުގައި ދެން ވަޑައިގަންނަވާނީ ބާރު ސްޕީޑުގައި ކަމަށެވެ. ރާއްޖޭގެ ކަންކަން ބަލަން ތިއްބެވި ބޭރު ދުނިޔޭގެ އެކި ބޭފުޅުންނަށްވެސް ދިވެހިރައްޔިތުން ބޭނުންވަނީ ކޮންގޮތެއްކަން ސާފުވެގެން ދާނެ ކަމަށް ޔާގީން ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ މުހިންމު ކަމަކަށް ރައީސް މިރޭ ގޮވާލީ އިންތިހާބުގެ ރައްޔިތުންގެ ބަސް ބަލައިގަނެ، ހިޔާލު ތަފާތުވުންތައް ދޫކޮށްލާ ސަރުކާރާއިއެކު މަސައްކަތް ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: