ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމަށް ދައްކަންޖެހޭ ފައިސާ ދެއްކެމުގައި ދިވާވެފައިވާ ދަތިތަކަށް ހައްލު ގެނައުމަށް ނިންމައިފި

ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމަށް ދައްކަންޖެހޭ ފައިސާ ދެއްކެމުގައި ދިވާވެފައިވާ ދަތިތަކަށް ހައްލު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީއިން ނެރުން ބަޔާނެއްގައި ބުނީ މި ސަރުކާރުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް ހޯދުމުގެ ސިޔާސަތުގެ ދަށުން ކުރީ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެންމެ އަވަހަށް ކުރިއަށް ގެންދާ މަޝްރޫއުއަކުން ބޯހިޔާވާހިކަން ހޯދައިދިނުމަށް ނިންމާފައިވާކަމަށެވެ.

އެފަދަ އެކި މަޝްރޫއުތަކުން ލިބިފައިވާ ބޯހިޔާވަހިކަމަށް ދައްކަންޖެހޭ ފައިސާ ދެއްކެމުގައި ދިވާވެފައިވާ މައްސަލަތަކަށް ހައްލު ގެނެސްދިނުމަށް ނިންމާފައިވާކަމަށްވެސް ބުނިއެވެ.

އެގޮތުން 2010 ވަނަ އަހަރު ހުޅުވާލި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުން އަރަބިއްޔާއާއި ގާކޮށީގައި އިމާރާތްކުރެވުނު ޓާޓާ ފްލެޓުތަކަށް ޝަރުުތު ހަމަވި ނަމަވެސް ފްލެޓު ލިބުމުން މަހުރޫމްވެފައިވާ ފަރާތްތަކާއި، އެ މަޝްރޫއުން ފްލެޓު ހޯދުމަށް ބޮޑު އިންޓަރެސްޓެއްގައި ލޯނު ހަމަ ޖައްސަން ޖެހުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެހެން އެއްވެސް މަޝްރޫއުއަކުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް ސަރުުކާރުން މިހާރު އިމާރާތް ކުރަމުންދާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ނިންމާފައިވާކަމަށް މިނިސްޓްރީއިން ބުނިއެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށްޓަކައި، ވެރިކަމުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުވެ އެކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިވާއިރު، އޭގެތެރެއިން ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަޝްރޫއުއަކީ ބޯހިޔާވަހިކަން ހައްލުކުރުމަށް ޓަކައި ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫއު ތަކުގެ ތެރެއިން އެއް މަޝްރޫއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: