ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޑުގަ، ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާއި ދެކޮޅަށް ދެއްކޭނެ އެއްޗެއް ނޯންނާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ދެކޮޅަށް ދެއްކޭނެ އެއްޗެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބޮލުގައި އެކި ތުހުމަތުތައް އަޅުވަން މަސައްކަތް ކުރިނަމަވެސް އެކަންނުވާނެ ކަމަށެވެ. އިދިކޮޅުން އަބަދުވެސް ކިޔަމުންދަނީ އެއް ލަވައެއް ކަމަށާއި ގާނޫނާއި ގަވައިދާ ހިލާފަށް އޭރުގައި ވެސް އަދި މިއަދު ވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާގައި ވެސް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވެވިއެވެ.

އެމަނިކުފާނު ގެންގޮސް އެކި ކަހަލަ މައްސަލަތުގައި ސުވާލުކޮށް ޝަރީއަތްކުރި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ސާބުތެއް ނުވި ކަަމަށް ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގައި ވެސް އެކި ކަހަލަ ވާހަކަދައްކައިގެން ރައްޔިތުން ގަބޫލުނުކުރުމުން ދޮގު ހަދައިގެން އަގު ވަށްޓާލަން އިދިކޮޅުން މަސަައްކަތް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ ހައްގުގައި ޖެހެވަޑައިނުގަންނަވާނެ ކަމަށާއި ރައްޔިތުންގެ މުދަލުގައި ޖެހެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާގައި ވެސް ޖެހެވަޑައިނުގަންނަވާނެ ކަމަށާއި މުހިންމީމާތް ﷲ ގެ ކިބައިން އެކަލާންގެ ފުއްސެވުމާއި ރުއްސެވުން ލިބުން ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުގެ ރޯ ހައުސް ލިބުނު ދުވަހުން ފެށިގެން ކުއްޔަށް ނަގައިގެން ތިބި މީހުންގެ ރެންޓާއި އެއްޗިސް ހުރި ރިޕޯޓެއް، ބޭރު ބަޔަކަށް ދީފައި ހުންނަނީ ކުއްޔަށް ތިރީގައި ހުރި ދެ އެޕާޓްމެންޓު. އެ ކުލި އޭގައި އެހުރީ. ދެން އެބޭފުޅުން ސިޔާސީ ބޭނުމެއްގައި އަދި ޑްރާފްޓް ރިޕޯޓެއް ޕޮލިސް އިންޓެލިޖެންސް ރިޕޯޓެކޯ ވިދާޅުވީ އިރު އޭގައި ތައްގަނޑެއް ތާރީހެއްވެސް ނެތް. އެބޭފުޅުން ބޭނުންގޮތަކަށް ހަދާލާފަ. އެމީހުން ހޯދި ނަމަ ފެންނާނެ އެއް ނޫންތޯ. އެމީހުންގެ ވެރިކަން މިދިޔަ ފަސްއަހަރު އޮތީ. އުޅެ އުޅެ ވެސް ނުފެނުނީ ކަމެއް. ދެން އަޅުގަނޑުގެ ބައްޕަގެ ފަރާތުން ވާރުތަވި މުދަލާއި ފައިސާވެސް އެހުރީ ފެންނަން. އަޅުގަނޑަކީ އެބޭފުޅުން “ވިޝް” ކުރާ ކަހަލަ ކަމެއް ކޮށްފައިވާ ބޭފުޅެއްނޫން”

ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ޖަވާބުދާރީ ކުރުން އިދިކޮޅުން މާނަކުރަނީ ސަރުކާރު ވަށްޓާލުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ގާނޫނީ ހަމަތަކުގެ މަތިން ފަސް އަހަރުން ފަސް އަހަރުން ވޯޓުލައި ސަރުކާރު ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާ ރައްޔިތުން ހަވާލުކުރި ޒިންމާ ފުރިހަމަކުރަން މި ފަސް އަހަރުގެ ތެރޭގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނުގެ ހުރިހާ އަޒާމެއް ހުރީ ވައުދުވި ހުރިހާ ކަމެއް ކުރުމަށް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: