ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީއަށް ހުރަސްއަޅާނެ ބަޔަކު މަޖިލީލަށް ހޮވަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ---- ފޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީއަށް ހުރަސްއަޅާނެ ބަޔަކު 20 ވަނަ ރައްޔިތުންގެ މަޖިލީލަށް ހޮވަންޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި ބޯހިޔާވަހިކަމުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި މުހިންމު ހައްސާސް މައްސަލް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ޔަގީން ކަމާއެކު އެމްނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް 5 އަހަރު ނިމެން ވާއިރު ރާއްޖޭގައި ފުރަތަމަ ގެދޮރުވެރިކަމުގެ އެއްތަން ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. އެހެންނަމަވެސް އެކަމާއި ދެކޮޅަށް މަސައްކަތް ކުރާނެ ބަޔަކު ތިބެގެން އެކަން ހާސިލް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސިޓީގެ ރައްޔިތުން، މާލޭގައި ސަރުކާރުގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުން ހިޔާރުކުރެއްވުމުން މާލޭގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވާ ޔަގީންކަން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ވިސްނުމުގައި ބާއްވަންވީ މާލޭގެ ރައްޔިތުންނަށްށާއި އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް މުހިންމުވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ބާރުސްޕީޑުގައި ގެންގޮސް ހައްލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

“ރެޔާއި ދުވާލު ސަރުކާރުން ބިލެއް ހުށަހަޅައި އިރަށް ބޭރުކޮށްލާ. ސަރުކާރުން ގެދޮރުވެރިކަމުގެ މައްސަލައެއް ހިންގަންވެގެން ބޭރުގެ އެހީއެއް ހޯދަން ހުއްދައަކަށް އަހާލާއިރުގައި އެކަން އެޖެންޑާ ނުކޮށްދީ އެތައް ދުވަހެއް ބޭކާރު ކޮށްލާ. މަޖިލީހުން އެކި ގޮތްގޮތަށް އުންދަގޫތައްކޮށް ބިކަކުރުމުގެ ފުރުސަތު ދިނުން، މިފަދަ ކަންކަމަށް އަޅުގަނޑުމެން މަޖިލިސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ނުވިސްނޭ”

މިދިޔަ ފަސްއަހަރު މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެމެ މި މާލޭގެ ރައްޔިތުންނަށް، މި މާލޭގެ ގޮނޑިތަކުގައި ތިއްބެވި ބޭފުޅުން ނާއި މިހާރުވެސް ދާއިރާ ތަމްސީލު ކުރައްވާ ބޭފުޅުން މި މައްސަލަ ހައްލުނުކޮށްދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބުގައި ވާއުދުވީ މާލޭގެ ރައްޔިތުންނަށް ގޯތިދީ ނިންމާނެ ކަމަށެވެ. އެކަން ނުވެގޮސް ދެން އައި 2019 ވަނަ އަހަރުގެ މަޖިލިސް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބޭފުޅުން ވައުދުވީ މަޖިލީހުގެ އިންތިހާބު ނިމުމުން އެކަން ވާނެ ކަމަށާއި އެހެންނަމަވެސް ނަމަވެސް އެކަމެއް އެބޭފުޅުންނަަށް ހާސިލް ނުވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ކޮށްނުދެއްވުމުން ދެން މާލޭގެ ރައްޔިތުންގެ އިތުބާރާއި އުންމީދު ގެއްލުނު ކަމަށާއި ރައްޔިތުން އެހެން ގޮތެއް ހިޔާރުކުރަން ނިންމީ އެ ކަމުުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވެމުން މާލޭގެ ރައްޔިތުންގެ ތެރެއިން އެމްޑީޕީގެ ގިނަ ބަޔަކު ނިންމީ ސަރުކާރަށް މޭޔަރުކަން ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. މޭޔަރަކަށް ހޮވި ވަޑައިގެން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރެއްވުމުން ސަރުކާރުން އެކަމަށް އެއްބާރުލުމެއް ނުދެއްވި ކަމަށް ވިދާޅުވިއެވެ.

“ގުޅީފަޅު ހިއްކަމުން ދިޔައީ. އަޅުގަނޑު ދެންނެވިން އެތަނުގައި ޕޯޓް އަޅާނެ ކަމެއް ނެތޭ ބޭކާރު ބޮޑު ޖާގައެކޭ ގެއްްލުވާލަނީ. ތިލަފުށްޓަށް ބަދަލުކޮށްދެއްވާށޭ އޭރުން އެ ޖާގަ ކޮޅުވެސް މާލޭގެ ރައްޔިތުންނަށް ލިބޭނޭ. ނަމަވެސް ހަމަ ހިލާ ކައުންސިލަށް އެއްވެސް ފުރުސަތެއް ނުދީ ސަރުކާރުން ވަގުތު ބޭކާރު ކޮށްލީ”

މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮވެ ސަރުކާރު ވެސް އޮވެ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުނުކޮށްދީ ފަހު ވަގުތު ނަމެއްގައި ކަން ކުރާ އުސޫލުން ގޯތިތައް ކަނޑުންނާއި ފަޅުން ބަހާ ނިންމާ ފްލެޓްތައް ވެސް އެންމެ ފަހު ވަގުތު އަޅަން ފެށި ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރި ބޭފުޅުން މަޖިލީހުގައި މިހާރު ވެސް ތިބިއިރު އެ ބޭފުޅުންނަށް އަނެއްކާ ވެސް އެ ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތްތޯ ރައީސް ވަނީ ވުވާލު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: