ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ނިކުމެ ވޯޓު ދެންވީ ތަރައްގީ އާއި ހަމަޖެހުމަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމއްމަދު މުއިއްޒު --- ޕޮޓޯ: ވަގުތު އިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ނިކުމެ ވޯޓު ދޭންވީ ގައުމުގެ ތަރައްގީ އާއި ހަމަޖެހުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ގައުމުގެ މިނިވަންކަމާއި މި ގައުމުގެ ސިޔާދަތާއި، އަމަން އަމާންކަމާއި ރައްކާތެރިކަމަށް ރައްޔިތުން ވޯޓު ދެއްވުމަށެވެ. މި ކަންކަން ހާސިލްވާނީ ބުއްދީގެ ބޭނުންކޮށް ވަކި އަތަކަށް ނުޖެހި ތައައްސަބުން އެއްކިބާވެ ހުރެ މިނިވަންކަމާއިއެކީގައި ވިސްނާ ކޮންމެ މީހަކަށްވެސް އެނގޭނެ ފަދައިން ގައުމުދެކެ ލޯބިވާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު އުފެދިގެން މިހާ ހިސާބަށްއައިރުގަ މިހާރުއޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެންނަމުންދާ ހަގީގަތްތަކަށް ބަލާއިރު ސަރުކާރަށް ވޯޓު ދިނުން ނޫން އެއްވެސް ޖަވާބެއް ނާންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާާރުގެ ފިކުރަކީ ތަރައްގީ ކަމަށާއި ބޭނުންފުޅުވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ތަރައްގީ ޔަގީންކޮށްދޭން ކަމަށެވެ.

“މާލެ ސިޓީގެ ރައްޔިތުންނަށް ނުވެފައިހުރި މުހިންމު ބޮޑެތި ކަންކަން، ގެދޮރުވެރިކަމުން ގޮސް އެންމެ ކުދި ކަންކަމާއި ހަމައަށް ތަރައްގީ ޔަގީންކޮށްދޭން. މި ތަރައްގީ ޔަގީން ކުރުމަށްޓަކައި ރައްޔިތުން ވޯޓު ދެއްވީ މިދިޔަ ރިޔާސީ އިންތިހާބުގަ. އެމަސައްކަތް ކުރަން އަޅުގަނޑު ވައުދުވީ. މި މާލޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމަކީ އެންމެ ފުރަތަމަވެސް ގެދޮރުވެރިކަން”

ރައިސް ވިދާޅުވީ މުޅިރާއްޖޭގެ ރައްޔިތުންނަށްވެސް މުހިންމީ ގެދޮރުވެރިކަން ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ވައުދަކަށްވެސް ގައުމީ މިނިވަންކަމާއި ގުޅިފައިވާ ވައުދަށްފަހު ވެވަޑައިގަތީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގެ ވައުދު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ރެޔާއި ދުވާލު ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާނެ ބަޔަކު ރައްޔިތުން އިހުތިޔާރުކޮށްފިނަމަ އެ ވައުދު ނުފުއްދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: