ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އަޒުލު ކުރުމަށް 58 މެންބަރުން ބޭނުންވާނަމަ، އެއަދަދުވެސް ހަމަ: ޝަހީމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމަށް ބޭނުންވާ މެންބަރުންގެ އަދަދު 58 އަކަށް ބަދަލުވިނަމަވެސް އެމަނިކުފާނު އަޒުލު ކުރެއްވުމަށް ބޭނުންވާ މެންބަރުން ހަމަވާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މައްސަލަ ހިމެނޭހެން، މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު ކަނޑައެޅުމުގައި މަޖިލީޙުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަަހެޅުމުން އެ ގަވައިދަށް އަމަލު ކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ވަނީ ނެރެފައެވެ. ރިޔާސަތުން ހުށަހެޅި މައްސަލައިގެ ބަހުސަށް ހުޅުވާލުމުން ޝަހީމް ވިދާޅުވީ ރައީސް އަޒުލުކުރުމަށް ހަމަވާން ޖެހޭ މިންވަރަށް މެންބަރުން ހަމަކަމަށެވެ.

ޝަހީމް ވިދާޅުވީ ދިމާވެފައިވާ މައްސަލައަކީ މަޖިލީހުގެ މެންބަރުން މިހާރުގެ ރައީސް ނާގާބިލް ކަމަށް ގަބޫލުކުރުން ކަމެވެ. އެެހެންކަމުން އެ މައްސަލައާއި މެދު ގޮތެއް ނިންމުމަށް އޮންނަ ތަނަކީ މަޖިލިސް ކަމަށާއި އަދި ގާނޫނުން އެ ޒިންމާ މަތިކޮށްފައިވަނީ ވެސް މަޖިލީހަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރައިސް އަޒުލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފަށާފަައިވާ ކަމަށާއި، ބޭނުންވާ މިންވަރަށްވުރެ އިތުރަށް ސޮއި ހަމަވެފައިވާ ކަމަށާއި އިތުރު މެންބަރުންވެސް ސޮއި ކުރައްވަމުން ގެންދަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ސަރުކާރުން ސުޕްރީމް ކޯޓަށް ދިޔައީ އިތުރު ހަތަރު ވޯޓެއް ހޯދުމަށްޓަކައިކަމަށެވެ.

“80 މެންބަރުން ކޯރަމްގެ ގޮތުގައި މަޖިލީހުގެ ޖުމްލަ އަދަދުގެ ގޮތުގައި އޮވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއަކު އިމްޕީޗް ކުރުމަށް ބޭނުންވަނީ 54 މެންބަރުން. ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުގެ ފަރާތުން މަޖިލީހުގެ ރުހުން ނެތިސް ގެންދަވާ ހުވާ ކުރެއްވި ބަންޑާރަ ނައިބު ކޯޓަށް ވަޑައިގެން މި ނިންމެވި ނިންމެވުމެއްގެ ސަބަބުން މިހާރު ދިމާވެގެން އުޅޭކަމަކީ 54 ގެ ބަދަލުގައި 58 މެންބަރުން ތިބެން ޖެހުން.” ޝަހީމް ވިދާޅުވިއެވެ.

ރައީސް އަޒުލު ނުކުރެވޭނެ ކަމަށް ހީފުޅުކުރެއްވި ނަމަވެސް އެކަން ކުރުމަށްޓަކައި ބޭނުންވާ މެންބަރުންގެ އަދަދު ހަމަކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ އެއީ އެއްވެސް ހާލަތެއްގައި މަޖިލީހުގެ މަސައްކަތް ހުއްޓެންޖެހޭ ސަބަބެއް ނޫންކަން ޝަހީމް ފާހަގަ ކުރެއްވިއެވެ. ރައީސް އަޒުލު ކުރުމުގެ މަސައްކަތް ކުރައްވާނީ އެކަން ކުރުމަށް އޮންނަ އެންމެ މުނާސަބު ވަގުތުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރައްޔިތުންނަށް އެތަކެއް ދަތިތަކައި ކުރިމަތިލާން ޖެހިފައިވާކަމަށާއި ގައުމު މިހެން އޮޔާދާން ދޫކުރެވެންނެތް ކަމަށެވެ. ރައިސް ރަށްރަށަށް ވަޑައިގެން ސިޔާސީ މަގާމްތައް ނުދެއްވާނެ ކަމަށް ވިދާޅުވިނަމަވެސް މާލެ ވަޑައިގެން އަނެއްކާވެސް ކުރެއްވި މަސައްކަތްފުޅަކީ ސްޓޭޓް މިނިސްޓަރަކު އައްޔަނު ކުރެއްވުން ކަމަށް ޝަހީމް ވިދާޅުވިއެވެ. ގައުމު ދަނީ ސޮވެރިން ޑިފޯލްޓަކަށް ކަމަށާއި ލޯނުތައް ދެއްކޭނެ އެއްވެސް ގޮތެއް ނެތްކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
16%ވަރަށް ގަދަ 12%ވަރަށް ގަޔާވޭ 12%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 28%ވަރަށް ދެރަ 28%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: