ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

83 އިންސައްތައާއި އެކު އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަކަށް ޝުޖާ!

ރައީސް މުއިއްޒު އިއްޔެ ބާރަށަށް ވަޑައިގަތުމުން ޝުޖާއު، ރައީސަށް މަރުހަބާ ދަންނަވަނީ: ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ އަދަދެއްގެ ވޯޓު ލިބުނު ކެންޑިޑޭޓަކަށް އިބްރާހިމް ޝުޖާއު ވެއްޖެ އެވެ.

ކޮންގްރެސް ކޯލިޝަނަށް ރައްޔިތުންގެ މަޖިލިސް ސުޕަ މެޖޯރިޓީ ލިބުނު މި އިންތިހާބުގައި 18 ވަނަ މަޖިލިސް ގިނަ ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރި އެވެ. އޭގެ ތެރޭގައި ޝުޖާއު ހިމެނޭއިރު އޭނާއަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ޕީޕީއެމް/ޕީއެންސީގެ މަގުމަތީ ހަރަކާތްތަކާއި، ޖަލްސާތަކުގައި އެންމެ އިސްކޮށް އުޅުއްވި އެކަކެވެ.

ބާރަށާއި އެ އަތޮޅުގެ ރައްޔިތުންނާއި ވެސް ގާތް ގުޅުމެއް އޮންނަ ޝުޖާއުއަށް މި އިންތިހާބުގައި ވޯޓުލީ ރައްޔިތުންގެ 2442 ވޯޓާއި އެކު 83 އިންސައްތަ ލިބުނެވެ.

ބާރަށު ދާއިރާއަށް ޝުޖާއުގެ އިތުރުން ކުރިމަތި ލެއްވި ކެނޑިޑޭޓުން އަކީ:

އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަސްގަރު

މިނިވަން ކެންޑިޑޭޓް މުޖުތަބާ އަލީ

އިއްޔެގެ އިންތިހާބުގައި އެމްޑީޕީ ކެނޑިޑޭޓަށް ލިބުނީ 468 ވޯޓެވެ.

2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި 1930 ވޯޓްއިން އެންމެ މަތީ ނަތިއްޖާއަކުން ކާމިޔާބު ހޯދައިފައިވަނީ ހިތަދޫ ދެކުނު ދާއިރާ ކެންޑިޑޭޓް އިބްރާހިމް ނާޒިލްއެވެ. ނަމަވެސް މިފަހަރު ޝުޖާއު ވަނީ 2442 ވޯޓުގެ ނަތީޖާއަކުން ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 75%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: