ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮބާ ރައީސް ނަޝީދު؟ އަޑު ކެނޑުނީތަ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

2013 ވަނަ އަހަރުގެ ގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުދުﷲ ޔާމީނާއި ވާދަކޮށް ރައީސް މުހައްމަދު ނަޝީދަށް ލިބުނީ ގަބޫލު ކުރަން ދަތި ނަތީޖާއެކެވެ. އެ ނަތީޖާއަށް ރިޔާއަތްކޮށް މީހަކު ބުނި އަޑު އެހީމެވެ. ރައީސް ނަޝީދުގެ ސިޔާސީ ކެރިއާރ ނިމުނީއެވެ. ދެން ކުރިއަށްދާނެ އެއްވެސް މަގެއް ރައީސް ނަޝީދަކަށް ނޯންނާނެއެވެ. ނަމަވެސް އޭގެ ފަހުން ފެނިގެން ދިޔައީ ރައީސް ނަޝީދު ސިޔާސީ މައިދާނުން ކުރިއަށް ދިޔަތަނެވެ. ރައީސް ނަޝީދަށް އޭރު ލިބުނު ނަތީޖާއަށް ބެލި ކަމުގައިވީ ނަމަވެސް ނަޝީދުގެ ދުރުވިސްނުމާއި ހިކުމަތު އަމަލީން ވަށާ ހޯދާލީ ދާންވީ މަގެވެ.

އެމަގުގެ ރާސްތާ އެމަނިކުފާނު ހޯދާލީ ސީދާ ކުރިމަތިން ފެންނަން އޮތް މޯހިރު ބަލައިގެންނެވެ. ވަރަށްވެސް ކައިރިންނެވެ. އެމަނިކުފާނަށް ތާއިދުކުރި ކުދިން ކޮޅާއި އެކު ފުރޮޅެމުން އެނބުރެމުން ކުރިއަށް ހިނގައިގަތެވެ. އެ ދުވަހަށް ފަހު އަދިވެސް ރައީސް ނަޝީދު ސިޔާސީ ހަޔާތް އޮތީ އަލި ކޮށެވެ. 10 އަހަރު ފާއިތުވިއިރު އެމަނިކުފާން ސިޔާސީ ހަޔާތާއި ކުރިމަގަށް އޮތީ އުފާވެރި ދުވަސްތަކެއްކަން ބެލެވެއެވެ.

އެކަމަަކު މިހާރު ހީވަނީ އަނެއްކާވެސް ނަޝީދުގެ ސިޔާސީ ކެރިއާ ނިންމާލާ ކޮންމެވެސް އެހެން ގޮތެއް އެމަނިކުފާނަށް އިޙްތިޔާރުކުރަން މަޖުބޫރުވެދާނެހެންނެވެ. މިއީ އެ ދުވަހު މީހުން ރައީސް ނަޝީދާއި މެދު ދެކުނު ގޮތެވެ. އަދި މިހާރުވެސް ދެކޭ ގޮތެވެ. ނަމަވެސް ރައީސް ނަޝީދު ކަންކުރާ ގޮތާއި، އޭނާ ކަންކަން ރާވާ ބައްޓަން ކުރާ ގޮތްވެސް ވަރަށްވެސް ތަފާތެވެ. އޭގެ ސަބަބުން ރައިސް ނަޝީދު ސިޔާސީ މައިދާނުގައި ޖެހި ހުރިހާ ސަކަރާތެއްގެ ތެރެއިން ސިޔާސީ ކޮންމެ ހަރަކާތެއްގައި ވެސް އޭނާގެ ރޫހާއި ސިފަވަނީ ޖެހިފައިއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ބޭނުންކުރާ ބަސްމަގާއި އަމަލުތައް ހުރީ ނަޝީދު ބޭނުން ކުރާ ގޮތާއި، ގެންގުޅޭ ގޮތާއި، އުސޫލަށް ހަރުލާފައެވެ.

ގައުމުގެ ކަންކަން މިދާ މިސްރާބާއި ކަންކަން ހިގަމުން މިދާ ގޮތުން ރައީސް ނަޝީދާއި ދޭތެރޭ ހަމަ ވިސްނާލަން މަޖުބޫރުވިއެވެ. ހިތަށް އަރައެވެ. ހަމަ ހަގީގަތަށްވެސް ރައީސް ނަޝީދުގެ ހަނދު އޮއްސެނީބާއެވެ. މިޙުން މި ބުނަނީ ތެދެއްބާއެވެ. ސިޔާސީ މައިދާނަށް ރައިސް ނަޝީދު ނުކުންނެވިފަހުން ނަޝީދު ވައްޓާލާ ކުރިމަގު ކޮށަން ކަމަރު ބަދެގެން ތިބި މީހުންވެސް މަދެއްނޫނެވެ. މިމީހުންގެ ވިސްނުމާއި ފިކުރަށްވުރެ ނަޝީދުގެ އުއްމީދުތައް ވަނީ މާ އުހުގައެވެ. ވެއްޓުމަށް ވުރެ ކުރިން ދެތުވެ ވެލި ފޮޅަމުން ދުއްވައިގަންނަން ހުރި މިލީޑަރަކީ ސިޔާސީ ގޮތަކުން އާދައިގެ ދަރަޖައަކަށް ވިސްނާ ބޭފުޅެއް ނޫނެވެ.

ކޮންމެ ކަމެއްގައިވެސް އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނާ ބީދައިން ރައީސް ނަޝީދުގެ ސިޔާސީ ހަޔާތުގައިވެސް އޭނާ ކުރިމަތިލާން ޖެހުނީ މި ބުނާ އަޑިގަނޑުތަކާއެވެ. ސިޔާސީ ކަޅު ވިލާގަނޑުން އަދިރިކަމާއި މާޔޫސް ކަންވެސް އޭނާ ވަނީ ދެކެ ފެނިފައެވެ. އަމިއްލަފުޅު ފުރާނަ އަތްމައްޗަށް ލާއިގެން ރައްޔިތުންގެ ހައްގުގައި ނުކުންނެވި ދުވަސްވެސް ހިނގައްޖެއެވެ. ޔަގީނެވެ. ރައީސް ނަޝީދުގެ ބަލި ފައި ކަމަށް މީހުން ގަބޫލުކުރާ އިސްތިއުފާގެ ހަގީގަތް ގުޅިފައިއޮތީ ގައުމައްޓަކާއި އޭނާވާ ގުރުބާނީ އާއިއެވެ.

” ކޮންމެ އިސްތިއުފާއެއްވެސް އެއްގޮތް ވާނެ” ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަވާ ރައީސް ކަމުން އިސްތިއުފާ ދެއްވަމުން ވިދާޅުވީ މިހެންނެވެ. ބޮޑު ސިޔާސީ ޕާޓީއެއްގެ ވެރިކަން އަމިއްލައަށް ދޫކޮށްލާ އެ ޕާޓީގެ މަޖިލީހުގެ މެމްބަރު ކަމުންވެސް އިސްތިއުފާ ދީ އަދި ރައީސްކަން 2008 އެއްގައި ލިބިނުހިދުވެސް ދައުރު ހަމަ ނުވަނީވެސް އިސްތިއުފާދެއްވި މި ރައީސް ފަހަތަކަށް ނުޖެހެއެވެ. އެހެންކަމުން ދެއްވި އިސްތިއުފާއާއި އެކީގައި އާންމު ބަހުން ނަމަ ރައީސް ނަޝީދު ވަނީ ސިޔާސީ މައިދާނުން ތިން ފަތް ވެފައެވެ.

ގައުމުން މިއަދު ފެންނަ ހަގީގަތަކީ ސިޔާސީ އޮއިވަރު ބަދަލުވާތަނެވެ. ސުވާލުތަކެއް މިއަދު އޮތީ ބޯމަތިވެފައެވެ. ސިޔާސީ ހައިޖާނުތަކާއި، ގަދަ އޮއިވަރާއި ބާނީތަކުން ސިޔާސީ ބޮޑު ހަލަބޮލިވުމުން ގައުމު މިއަދާ ހަމަޔަށް ފޯރު ކޮށްދިން މި ލީޑަރުގެ ކަންތައް ހިނގާނީ ކިހިނެތްބާވާއޭވެ. އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާ އެޕާޓީގެ ތެރޭގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ޕާޓީ ދޫކޮށް އަމިއްލަ ޕާޓިއެއް، ޑިމޮކްރެޓެކްސް ނަމުގައި އުފައްދަވާ އެ ޕާޓީގެ ހަރަކާތްވެސް ކުރިއަށްދާން ވަނީ ފަށާފައެވެ.

މީގެ ކުރިން އަމިއްލަ އެދުމުން ފޯވެފައިވާ ރައީސެއްގެ ގޮތުގައި ރައީސް ނަޝީދަށް މީހުން ސިފަކުރިއެވެ. ވެރިކަމަށް ދަހިވެތިވާ މީހެއް ކަމަށްވެސް ބުންޏެެވެ. ނަމަވެސް އިސްތިއުފާ ގުޅިގައިވަނީ ދަހިވެތިކަމާއި ބާވައޭ ވެސް ސުވާލު އުފެދެއެވެ. ނޫނެކެވެ. ކަންކަން ހަމަމަގަށް ދޫކޮށްލުމުގެ ރީތި މިސާލެއް ކަމުގައިވެސް ވެދާނެއެވެ. ޑިމޮކްރެޓެސް ޕާޓީ އުއްފެއްދިފަހުން ނަޝީދުގެ ފަރާތުން ފެންނަނީ ވެރިކަމުގެ ދަހިވެތިކަމޭ މީހުން މިބުނާ މަންޒަރާއި، މުޅިން ތަފާތު ކެރެކްޓާރ އެކެވެ. މީހުން މި ކިޔާ ވެރިކަަމަށް ދަހިވެތިވެފައިހުރި މީހެއްގެ ގޮތުގައެއް ނޫނެވެ. އޭނާގެ ފަރާތުން ފެންނަނީ ޒުވާން ލީޑަރުންތަކެއް އުފައްދަވާ އެ ޕާޓީގެ ކުރިއަށް ނެރުމަށް މަސައްކަތް ކުރައްވާތަނެވެ.

ޅަފަތުގައި އޮތް ޑިމޮކްރެޓްސް ޕާޓީން ވެސް އެތެރޭގެ އިންތިހާބަށް ޒުވާން ކުދިން ކޮޅެއް ނުކުންނަވާ ކެމްޕޭން ކުރައްވަމުންދާއިރު ނަޝީދުގެ އެއްބާރުލުމާއިއެކު އެމީހުން ކުރިއަށް ނެރުމަށާއި، އެ މީހުން ބިނާ ކުރުމަށް ކުރާ މަސައްކަތައް ދަނީ ފެންނަމުންނެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބުގައި އަމިއްލަފުޅަށް ވާދަ ކުރުމުގެ ބަދަލުގައި ޒުވާން ދެ ޝަހްސިއްޔަތުން ކަމަށްވާ މެމްބަރު އިލްޔާސް ލަބީބާއި، ހުސެެން އަމްރު ސިޔާސީ މައިދާނުން ކުރިއަށްނެރެ ކުރި މަސައްކަތީވެސް ނުހަނު ހިތްވަރު ހުރެގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަން ފާހަގަކުރެވެއެވެ.

މި ކަންކަމަށް ބަލާއިރު ފެންނަން އޮތް ހަގީގަތަކީ ރައީސް ނަޝީދު ގައުމައްޓަކާއި ކުރައްވާ މަސައްކަތެވެ. ރައީސް ކަމާއި ހާވާލުވެ ވެސް އެމަނިކުފާނު އެންމެ އިސްކަމެއްދެއްވީ ރައްޔިތުންނަށް ނުފުދި ނުވަތަ ނުލިބި އޮތީ ކޮން އެއްޗެއްތޯ ހޯދާ އެކަމެއް ކުރެއްވުމަށެވެ. ނަމަވެސް މަޖުބޫރުވެގެން ކަމަށް ވިދާޅުވެ އޭރު ދެއްވީ އިސްތިއުފާގެ ސަބަބުން ކުރަން ގަސްތު ކުރެއްވި ގިނަކަންތައްތަކެއް ނުކުރެވުނެވެ. ބައެއް މީހުން ބުނީ އޭރު ރައިސް ނަޝީދު ދެއްވި އިސްތިއުފާއަކީ އެކަން ކުރަންވާ ގޮތަށް ދިން އިސްތިއުފާއެއް ކަމަށެވެ. ނަމަވެސް އަނެއްބަޔަކު ބުނީ އެކަން ކުރީ ގޯސްކޮށް ކަމަށާއި، އެގޮތަށް އެކަން ކުރުމަކީ ރައްޔިތުންނަށް ނަޝީދު ހަރާން ކޯރުވި ހަރާންކޯރު ވުމެއް ކަމަށެވެ. މި ހުރިހާ ކަމެއް މިހެން އޮވެމެ ގޮންޖެހުންތަކާއި އެކުވެސް ރައީސް ނަޝީދުގެ ސިޔާސީ ހަޔާތަކަށް ފަނޑު ކަމެއްް ނާދެއެވެ. އަދިވެސް އެމަނިކުފާނުހުރީ ގައުމީ ހައްގުގައެވެ.

ގަބޫލު ކުރެވޭ ގޮތުގައި ދެންވެސް ރައީސް ނަޝީދުގެ ސިޔާސީ ހަރާތަކަށް ފަނޑުކަމެއް ނާއަންނާނެއެވެ. ނަމަވެސް އަލަށް އުފެއްދި ޑިމޮކްރޭސް ޕާޓީއަށް ރިޔާސީ އިންތިހާބުގައި ވާދަކޮށް ލިބުނީ އެންމެ ހަތް ޕަސެންޓެވެ. އެއީ ސިޔާސީ މާބޮޑު ބުރަދަނެއް ހުރި އަދަދެއް ކަމަށް ނުބެލެވެއެވެ. ސަބަބަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށް ޑިމޮކްރެޓްސް ޕާޓީ ތިންވަނައިގައި އޮތަތީއެވެ. އޮޕަޒިޝަންގެ ވަރުގަދަ ޕާޓީއެއްގެ އުއްމީދެއްވެސް އެޕާޓީއަކަށް ނެތެވެ. އަލުން ކަށިން ހިތްވަރުނެރެގެން ނޫނީ ކުރިއަށް ނުދެވޭ ހާލަތުގައި އޮތް މި ޕާޓީ ކުރިއެރުވުމައްޓަކާއި ވެސް ބޮޑު މަސައްކަތެއް ކުރަން ޖެހެއެވެ. އެކަމަކު ރައީސް ނަޝީދު މިހާރު މަސައްކަތް ކުރަނީ ޒުވާން ލީޑަރުން އުފެއްދެވުމަށެވެ.

އުމުރުން 56 އަހަރުވެފައިވާއިރު ގައުމައްޓަކާއި ކުރެއްވި މަސައްކަތް މިއަދުވެސް ބަލައިގަންނަ މީހުން މަދެއްނޫނެވެ. ފާޑު ކިޔާ މީހުން ފާޑުކިޔަނީ ހަމަ އެކަނި ގޯސްވެގެންނޫނެވެ. މިއީ ރައީސް ނަޝީދު ގަބޫލު ކުރައްވާ ގޮތެވެ.

ސިޔާސީ ލީޑަރެއްގެ ފެން ބޮއެގެން ސިޔާސީ ކުލައިން މުޅި ރާއްޖޭގައި އެންމެ ވިދާލި މިލީޑަރުގެ ސިޔާސީ ހަޔާތް ނުނިމޭނެއެެވެ. ވާނީވެެސް އެހެންނެވެ. ސިޔާސީ މައިދާނުން ސިޔާސީ މި މުފައްކިރުގެ އަގު މާ ބޮޑު ކަމަށް ދެކޭ ބަޔަކު ތިބޭނެކަން ޔަގީނެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 57%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 2%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: